logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕު މާދަމާ ފުރާނެ

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްދާ ޙައްޖުވެރިންގެ ފުރަތަމަ ބެޗް މާދަމާ ފުރާ ގޮތަށް ނިންމައިފިއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ. ޙައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ 31 ވަނަ ދުވަހާއި އަންނަ މަހުގެ 3 އަދި 5 ވަނަ ދުވަހުގެ މެންދުރު ފަހުގެ ފްލައިޓެވެ.

މިއަހަރު ރާއްޖެއަށް ލިބުނު ހުރިހާ ޙައްޖު ކޯޓާއެއް ވެސް ދީފައިވަނީ ސަރުކާރުން ހިންގަމުން އަންނަ ޙައްޖު ކޯޕަރޭޝަނަށެވެ.

މައްކާއަށްދާ ފުރަތަމަ ބެޗްގެ ހައްޖާޖީންނަށް ރޭ ވަނީ ތަމްރީން ޕްރޮގްރާމެއް ބާއްވާފައެވެ. މި ތަމްރީން ޕްރޮގްރާމުގައި, ޙައްޖާޖީންނަށް އެކި ދާއިރާތަކުން އެ ދާއިރާތަކުގެ ކަމާ ގުޅުން ހުރި ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ