logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

"ވިއްކާލާ ވަރަށްވުރެ ފަލަސްތީނުގެ އަގު މާބޮޑު"

ޔަހޫދީން ވަޒަންވެރި ކުރުމަށްޓަކައި ފަލަސްތީން ވިއްކާލުމަށް އެދި 150 މިލިއަން ސްޓާލިން (ޑޮލަރުން 197،925،000) އަށްވާ ރަން ސުލްތާން އަބްދުލް ހަމީދް 2ވަނަ އަށް އިނގިރޭސީން ހުށައެޅުމުން އަސަރާއެކު ވިދާޅުވިއެވެ.

"މުޅި ދުނިޔޭގައިވާހާ ރަނެއް ތިމަންނާއަށް ދިންނަމަވެސް ތިކަމެއް ނުކުރާނަމެވެ. ފަލަސްތީނަކީ މުސްލިމުންގެ ބިމެވެ. އަދި އެބިމަށްޓަކައި އެތައް ބަޔަކު ފުރާނައިން ގުރުބާންވެފައިވާ ބިމެވެ. އަހަރެންގެ ކާބަފައިންނާއި ދީނަށް ގައްދާރުވުމަށްވުރެ ގައިގެ ހަންގަނޑު ކޮށާފައި ނެގުންވެސް މާރަނގަޅެވެ."

މިއީ ދީނާއި ވަޠަނަށްޓަކައި ނަސްރުދިން އިހުގެ ވެރިންގެ ބަސްމަގާއި އަމަލުހުރިގޮތެވެ.

ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކުގެ ތެރެއިން ކުރަމުންދިޔަ ދަތިކުރުންތަކާއި ކުރިމަތިލައި، އެހީގެ ނަމުގައި ހުށައަޅަމުންދިޔަ އެކި ހުށައެޅުންތަކަށް ބީރުކަންފަތެއް ދެއްވައި ދަތި ހާލުގައި އުޅެންޖެހުނު ނަމަވެސް ވަޠަނާއި ދީން އިސްކުރެއްވި ހިއްވަރުގަދަ ވެރިންނެވެ. ދުނިޔަވީ މަދުފައިސާ ކޮޅަކާއި ވަގުތީ މަންފާއަކަށް އަމިއްލަ ވަތަނާއި ދީނަށް ގައްދާރުވާ ވެރިންގެ ފިނޑިކަމާމެދު ހިތާމަ ހުއްޓެވެ!

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ