logo minivan

English

ހޯމަ, 25 ނޮވެމްބަރ 2024

އިންޑިއާގެ އިރުމަތީ ސަރަޙައްދުތަކުގައި އާދައާޙިލާފަށް ހޫނުމިންމަތިވެ 15 މީހުން މަރުވެއްޖެ

އިންޑިއާގެ އިރުމަތީގެ ސްޓޭޓްތައް ކަމަށްވާ ބިހާރާއި އޮޑިޝާގައި މިމަހުގެ 30 ވަނަދުވަހު އާދައާއިޙިލާފަށް ހޫނުމިންމަތިވެ ހީޓްސްޓްރޯކް ގެ ސަބަބުން 15 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ. އަދި 31 ވަނަ ދުވަހުވެސް (މިއަދުވެސް) ހި ސަރަޙައްދުތަކަށް އާދައާއިޙިލާފަށް ހޫނުވާނެކަމަށް މޫސުމާބެހޭ އިދާރތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ހޫނުމިން މި ހަފުތާގައި 52.9 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ހުޅަނގު އުތުރު އަދި މެދުތެރޭގެ ފިނިހޫނުމިން ދަށަށް ދާނެ ކަމަށް ލަފާކުރެވޭއިރު، އިރުމަތީ އިންޑިއާގައި މިހާރު އުފެދިފައިވާ ހޫނު ގަދަވުން ދެ ދުވަހަށް ދެމިއޮންނާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ ނިއަލަށް ހެނދުނު 11 އިން ފެށިގެން މެންދުރު ފަހު 15 އަށް ބޭރަށް ނިކުމެ ނޫޅުމަށް އޮޑިއްސާގެ ސަރުކާރުންވަނީ އިލްތިމާސްކޮސްފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *