ވިޔަފާރި ޓައިކޫން ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ޕްރައިވެޓް އައިލެންޑްގެ ގޮތުގައި ނަން މަސްހޫރު ޗަންޕާ ގިރި އަކީ ދިވެހިންނަށް އާރަށެއް ނޫނެވެ. އެހެންނަމަވެސް އެތަނުގައި ގާއިމްކޮށްފައިވާ ރެހެންދި ހަދީޖާ ގަނޑުވަރުގެ ވާހަކަ މަދު މީހަކަށް ނޫނީ ފެނިފައިނުވާނެ އެވެ.
ޗަންޕާގިރިއަށް އެތައް އަހަރެއް ވެފައިވާއިރު ނިމިދިޔަ ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ގޮސް ހިތް އުފާ ކޮށްލުމަށް ކުޑަގިރި ނަމުގައި މުޅިން އާރަށެއް ހުޅުވާފަ އެވެ. ނަމަވެސް މުޅިން އަލަށް އުފަންކުރެވުނު ކުޑަގިރީގައި އަސާރީ ކަމެއް އަދި ފެންނާކަށް ނެތެވެ.
މިއީ ސޯސިއަލް މީޑިޔާ ޒަމާންކަމަށް ވާއިރު، ސަރުކާރުން މިފަދަ އާސާރީ ބިނާއެއް ކުޑަގިރީގައި ގާއިމް ކުރުމަކީ ދުރުކަމެއް ނޫނެވެ. ޒުވާނުން އިސްޓަރގްރާމް ކޮށްލައި ސްނެޕްކޮށްލަން މިފަދަ ބިނާތައް ކުޑަގިރީގައި ގާއިމްކުރުމަކީ މުހިއްމުކަމެވެ.
ޗަންޕާ ގިރީގައި ގާއިމްކޮށްފައިވާ ގަނޑުވަރަކީ މީގެ 200 ވަރަކަށް އަހަރު ކުރިން ދިވެހިރާއްޖޭގައި ރަނިކަން ކުރިކަމަށް ތާރިހުން ބުނެދޭ ރެހެންދި ހަދީޖާ ގަނޑުވަރުގެ ބައްޓަމަށް މާލޭގައި މިނިވަން ދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީން ބާއްވާ ފުޅަދުބުރަށް ތައްޔާރުކުރި ފުޅަދެކެވެ. ޗަންޕާ މިފުޅަދު ނީލަމުން ނަންގަވައިގެން ޗަންޕާ ގިރީގައި ގާއިމްކުރީ އެވެ.
ޗަންޕާ ގިރީގައި ގާއިމްކޮށްފައިވާ ފަދަ ތާރީހާއި ދިވެހި ސަގާފަތް ރަމްޒުކޮށްދޭ މިފަދަ ބިނާތައް ގާއިމްކޮށްފައިވާ ފަދައިން ކުޑަގިރީގައި ވެސް ދިވެހި ޒުވާނުންނަށް ދިވެހި ސަގާފަތާއި ތާރީހް ދައްކުވައިދޭން މިފަދަ ބިނާތައް ގާއިމް ކުރައްވާނެކަން ޔަގީނެވެ.