logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މަޑިފުށީގައި ގާއިމް ކުރި ފައިބަރ އޮޕްޓިކް އޯޕަން އެކްސަސް ނެޓްވޯކްގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށައިފި

ތ. މަޑިފުށީގައި ފަންބޮނޑިން ގާއިމް ކުރި ފައިބަރ އޮޕްޓިކް އޯޕަން އެކްސަސް ނެޓްވޯކްގެ މަސައްކަތް ނިމި އުރީދޫ ސުޕަރނެޓާއި އެކު ހިދުމަތް ދޭން ފަށައިފި އެވެ.

ފަންބޮނޑި ކުންފުނީގެ ސީއޯއޯ ފާތިމަތު އާސިޔާ މަޑިފުށީގައި ގާއިމް ކުރެވުނު ނެޓްވޯކް ބޭނުން ކުރާފަރާތްތަކަށް ފަހުގެ ޓެކްނޮލޮޖީގެ އެކިއެކި ހިދުމަތްތައް ފޯރުކޮށް ދިނުން ކަމަށެވެ.
"މިހާރު ފަންބޮނޑި ނެޓްވޯކް ބޭނުން ކުރާ ފަރާތްތަކަށް އުރީދޫ ސްޕަރނެޓްގެ ހިދުމަތް ލިބިވަޑައިގަންނަވާނެ." އާސިޔާ ވިދާޅުވި އެވެ.

އާސިޔާ ވިދާޅުވީ އިންޓަރނެޓް އިތުރުން އެހެނިހެން މުއާސަލާތީ އިތުރު ހިދުމަތްތައް ނެޓްވޯކްގެ ތެރެއިން ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ޓީވީ އާއި ޓެކްނޮލޮޖީގެ  އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފަންބޮނޑިން ފުރަތަމަ މިފަދަ ނެޓްވޯކެއް ގާއިމް ކުރީ ވިލުފުށީގަ އެވެ.

ފައިބަރ އޯޕަން އެކްސަސް ނެޓްވޯކަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުންކުރާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ