logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ފާނަ ބާނަން މޫދަށް ފައިބާ އޮތް މީހަކު ގަޔަށް ލޯންޗެއް އެރުމުގެ ސަބަބުން އެމީހާ މަރުވެއްޖެ

ފީއަލީ ފާނަ މަސްވެރިކަންކުރާ ދޯންޏަކުން، އދ. އަތޮޅު ފަޅެއް ކައިރިޔަށް ފާނަ ބާނަން ފައިބައި އޮތް މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އެމީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ އދ. ދަންގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 8 ޖަހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެމީހާ ދަންގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ހިމެނޭ ލޯންޗަށް އެކްސިޑޭންޓްވިކަން ނޭންގޭ ކަމަށާއި ނަމަވެސް އެ ލޯންޗް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އާންމުވެފައިވާ ވިޑިއޯއަކުން ފެންނަ ގޮތުގައި ބިދޭސީމީހާ މޫދަށް ފައިބާ އޮތީ ބާސްކޭޓެއްގައި ދުރަށް ފެންނަ ގޮތަށެވެ. އަދި މޫދުގައި ވަރަށް ގިނަ ލޭހުރިކަން އެ ވީޑިއޯއިން ފެނެއެވެ.

މި މީހާއަށް އެހީތެރިވީ އެ ސަރަހައްދުން ދުއްވާފައިދިޔަ އެހެން ލޯންޗެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި މި ނުރައްކާތެރި ހާދިސާގައި ބިދޭސީމީހާގެ ކަނދުރާ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *