logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ބިދޭސީމީހާގެ ގައިމަތިން ދިޔަ ލޯންޗު ދުއްވި މީހާ ހައްޔަރުކޮށްފި

ފީއަލީ ފާނަ މަސްވެރިކަންކުރާ ދޯންޏަކުން، އދ. އަތޮޅު ފަޅެއް ކައިރިޔަށް ފާނަ ބާނަން ފައިބައި އޮތް ބިދޭސީއެއްގެ ގައިމަތިން ލޯންޗެއް ގޮސް އޭނަ މަރުވި މައްސަލާގައި އެ ލޯންޗު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

މި ހާދިސާގައި މަރުވީ ފ. ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެކެވެ. އެއީ ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނީ ލޯންޗު ދުއްވަން އިނީ ދިވެއްސެއް ކަމަށާއި އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ލޯންޗު ދުއްވަން އިނީ އދ. މާމިގިލި ޒުވާނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ އދ. ދަންގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 8 ޖަހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެމީހާ ދަންގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އާންމުވެފައިވާ ވިޑިއޯއަކުން ފެންނަ ގޮތުގައި ބިދޭސީމީހާ މޫދަށް ފައިބާ އޮތީ ބާސްކޭޓެއްގައި ދުރަށް ފެންނަ ގޮތަށެވެ. އަދި މޫދުގައި ވަރަށް ގިނަ ލޭހުރިކަން އެ ވީޑިއޯއިން ފެނެއެވެ.

މި މީހާއަށް އެހީތެރިވީ އެ ސަރަހައްދުން ދުއްވާފައިދިޔަ އެހެން ލޯންޗެއް ކަމަށާއި މި ނުރައްކާތެރި ހާދިސާގައި ބިދޭސީމީހާގެ ކަނދުރާ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *