logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މިހާތަނަށް ހައްޖަށް ދިޔަ އެންމެން ތިބީ ހެޔޮ ހާލުގައި: ޝަހީމް

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް މިހާތަނަށް ރާއްޖެއިން ފުރި ހައްޖާޖީން ތިބީ ހެޔޮ ހާލުގައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެގެ ފުލައިޓުން ދަތުރުކުރި ހުރިހާ ހައްޖާޖީން ތިބީ ގަދަވެ ހެޔޮ ހާލުގައި ކަމަށާއި، ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިހާރު ތިއްބެވީ ހޮޓަލުގައި ކަމަށެވެ.

މައްކާގައި ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވަނީ އަލްބަލަދުއް ޠޮއްޔިބް އަޖްޔާދު ހޮޓަލުގައެވެ.

ޝަހީމް ވިދާޅުވީ ޖިއްދާ އެއާޕޯޓަށް ހައްޖާޖީންގެ ފުރަތަމަ ފުލައިޓު ޖެއްސިއިރު މޯލްޑިވްސް ހައްޖުކޯޕަރޭޝަން، ދިވެހި ހައްޖު މިޝަން، ދިވެހި އެމްބަސީގެ މަންދޫބުން ޖިއްދާގެ އެއާޕޯޓްގައި ޙާޖީންގެ ހިދުމަތުގައި ތިއްބެވި ކަމަށެވެ.

މިއަހަރު ހަައްޖު އަޅުކަމުގައި ބައިވެރިވަޑައިގަންނަވާ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރީ އިއްޔެ މެންދުރުފަހު 15:51 ގައި ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުންނެވެ. އެ ފްލައިޓް ޖިއްދާގައި ޖެއްސީ ރޭ 9:12 ގައެވެ.

ހައްޖުގެ އަޅުކަމުގައި ރާއްޖެއިން 1000 ހައްޖާޖީން ބައިވެރިވާއިރު، ޙައްޖު ކޯޕަރޭޝަންގެ އުސޫލުގެ ތެރެއިން، ބޮޑެތި ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކާއި އެބޭފުޅުންގެ އެހީތެރިންނާއި އަދި 70 އަހަރުން މަތީގެ ބޭފުޅުންނަށް ކަނޑައެޅުނު އެހީތެރިންނާއި އަދި ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހައްޖަށް ގެންދާ 50 ފަރާތްތައްވެސް ހިމެނެއެވެ.

ހައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ 31 ވަނަ ދުވަހާއި އަންނަ މަހުގެ 3 އަދި 7 ވަނަ ދުވަހުގެ މެންދުރު ފަހުގެ ފްލައިޓެވެ.

މިއަހަރު ރާއްޖެއަށް ލިބުނު ހުރިހާ ޙައްޖު ކޯޓާއެއް ވެސް ދީފައިވަނީ ސަރުކާރުން ހިންގަމުން އަންނަ ހައްޖު ކޯޕަރޭޝަނަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ