Minivan-logo

English

ހޯމަ, 11 ޑިސެމްބަރ 2023

ނޫސްވެރިކަމުގެ ތަޙްޤީޤުން އިންޠިޤާލީ އިންސާފްގެ އޮފީސް!

އިންޠިޤާލީ އިންސާފްގެ އޮފީސް އުފެދުނީ ރައީސް ސޯލިޙްގެ ވެރިކަމުގެ ވަޢުދެއްގެ ގޮތުގައެވެ. ސަރުކާރުން ފޮނުވި ބިލް އޮތީ ރައީސް ނަޝީދުގެ ވެރިކަމާއި ހަމައިން ރައީސް ޔާމީނުގެ ވެރިކަމާއި ހަމައަށް ހިނގާފައިވާ އިންސާނީ އަދި އަސާސީ ހައްޤުތަކާއި ގުޅޭ މައްސަލަތައް ބެލުމަށެވެ. ނަމަވެސް ހޫނު ބަހުސްތަކަކަށްފަހު، އޮފީހުގެ މެންޑޭޓް ގާނޫނުން ބަދަލުވެގެން ދިޔައީ ފުރަތަމަ ޖުމުޙޫރިއްޔަތުގެ ފެށުމާއި ހަމައަށެވެ. 1953 ވަނަ އަހަރުން ފެށިގެން ރަސްކަމަކާއި ދާދި އެއްގޮތަށް 2008 ވަނަ އަހަރާއި ހަމައަށް ހިގަމުން އައި ދިވެހި ޖުމުހޫރިއްޔަތުގެ ތެރެއިން ދަޢުލަތް ނިސްބަތްކުރެވޭ ޙައްޤުތަކާއި ގުޅޭ ކުއްތައް ބެލުމަށް 02 އަހަރު ކަނޑައެޅުންވެސް އެއީ އޭގެ ޒާތަށް ބަލާއިރު ޖޯކް ކަމެއްގޮތުގައި ސިފަ ކުރެވެއެވެ. އެހެނީ އެ މުއްދަތުގައި ތަފާތު އެކިއެކި ތުޙްމަތު ތަކާއި އެތައް ޙައްޤެއް ގެއްލިފައިވާކަމަށް ދޫދޫ މަތިން ކިޔަމުން އައިސްފައިވެއެވެ.

ކޮވިޑްގެ އާލަމީ ބަލިމަޑުކަން

2020 ވަނަ އަހަރު ރައްޔިތުންގެ މަޖްލީހުން ފާސްވެގެންދިޔަ ( 28/2020 ) އިންޠިޤާލީ އިންސާފްގެ ގާނޫނު ވުޖޫދުވިތަނާ، ކޮވިޑްގެ ބަލިމަޑުކަން ލައިގަނެ ސަރުކާރާއި ދަޢުލަތުގެ ޙިދުމަތްތައް ހުއްޓިގެން ގޮސްފައިވެއެވެ. އަދި އޮންލައިން ކޮން ގިނަ ޙިދުމަތްތަކެއް ދިނުމަށް ސަރުކާރުގެ އިދާރާތަކުން ނިންމި ނަމަވެސް އަލަށް އުފަންވި މި އޮފީހުގައި އެފަދަ ވަޞީލަތަކެއް ގާއިމް ކުރުންވީ އުދަގޫކަމަކަށެވެ.

އޮމްބަޑްސް ޕާރޝަން އައްޔަތް ކުރުން

ގާނޫނުން ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދެވޭ ބާރުގެ ދަށުން 03 އޮމްބަޑްސްޕާރސަން ވަނީ އައްޔަން ކޮއްފައެވެ. އޭގެތެރޭގައި ހިމެނެނީ ގާނޫނީ ދާއިރާގެ ދެ ބޭފުޅުން ކަމުގައިވާ ޖިހާދާ އަނީސް އާއި ޢަބްދުއްސަލާމްގެ އިތުރުން އިންސާނީ ޙައްޤާއި އިޖްޠިމާއީ ދާއިރާއިން ކިޔަވާފައިވާ މަރިޔަމް ލައިޒާއެވެ. އަދި އެތިންމީހުންގެ ބެލުމުގެ ދަށުން އޮފީހަށް މުވައްޒަފުން ނެގުމަށް މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުކަމަށް ވެފައި، ގާނޫނުގެ މުއްދަތަކީ 2022 ވަނަ އަހަރުކަމަށް ވުމުން ތަޙްޤީޤް އަދި ފަންނީ މީހުން 01 އަހަރު ދުވަހުގެ ވަޒީފާ އަކަށް ކުރިމަތި ލާން ބޭނުމެއްނުވިއެވެ. އެހެންކަމުން އިންޠިޤާލީ އަދުލުގެ އޮފީހަށް ވަދެފައިވަނީ ގާނޫނީ އަދި ފަންނީ މާ ގިނަ ތަޖްރިބާތަކެއް ނެތް ހުސް ސެޓްފިކެޓް ހިފައިގެން ވަދެފައިވާ މީހުންނެވެ. އަދި އެދުވަސްވަރާ ދާދި ގާތުގައި ހިޔުމަން ރައިޓްސް ކަމިޝަނުގެ ވެރީނަށް ތަފާތު ތުޙްމަތުކޮށް އެ އޮފީހުން ވަކިވި މުވައްޒަފުންތަކެއް އިންޠިޤާލީ އޮފީހާއި ވަނީ ގުޅިފައެވެ.

މައްސަލަ ހުށައެޅުމަށް ހުޅުވައިލުން

އިންޠިޤާލީ އިންސާފްގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަށް ހެދުމާއި، މައްސަލަ ހުށައެޅުމުގެ މުއްދަތެއްގެ ގޮތުގައި 2021 ފެބްރުއަރީގެ ނިޔަލަށް ހުޅުވާލުމާއި ގުޅިގެން 500 އާއި ގާތް ކުރާ އަދަދަކަށް މައްސަލަ ހުށައެޅި އެވެ. އެގޮތުން ބައެއް މައްސަލަތައް ހުށައެޅީ ހަމައެކަނި މައްސަލަ ނުވަަތަ ބަދަލު ހޯދުމަށް އެދި ހުށައަޅާ ފޯމެވެ. އިތުރު އެއްވެސް ހެއްކެއް ނުވަތަ ކަމާއި ގުޅުންހުރި މަޢުލޫމާތެއް ހުށައަޅާފައެއް ނުވެއެވެ. އަދި މައްސަލަތައް ބެލުމުގެ ޤަވައިދު ބުނާ ގޮތުން މައްސަލަ ހުށައެޅުމަށް ފަހު 15 ދުވަސް ތެރޭގައި މައްސަލައަށް ގޮތެއް ނިންމަށް ޖެހެއެވެ. އެއީ ތަޙްޤީޤް ކުރާނެ މައްސަލަ އެއްތޯ ނުވަތަ ނޫން ތޯއެވެ. މިކަމުގައި އިސްކޮށް މަސައްކަތް ކުރަމުން ދިޔައީ ޖިހާދާ އަނީސް އާއި ހިޔުމަންރައިޓްސް ކަމިޝަނުން ޓެކްނިކަލް ޑިރެކްޓަރ ފެންވަރުގައި ވަތް އަންހެން މުޥައްޒަފެކެވެ. ނަމަވެސް ޖިހާދާ އަނީސް އެސިސްޓެންޓް ޕީޖީގެ މަޤާމުގައި ހުރެ ކޮއްފައިވާ ބައެއް ދަޢުވާ ތަކާއި، އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ޕީޖީން ޖިހާދާ އަނީސް ނިއްމާފައިވާ މައްސަލަތަކުގައި ޙައްޤު ނުގެއްލޭ ކަމަށް ނިންމައި އެ މައްސަލަތަށް ތަޙްޤީޤް ނުކުރުމަށް ނިންމި ހިސާބުން ޓެކްނިކަލް ޑައިރެކްޓަ އާއި ޖިހަދާ އަނީސް އާއި ދެމެދު މައްސަލަ ޖެހެން ފެށިއެވެ. އަދި އެއިރު ޗީފް އޮމްބްޑްސްޕާރޝަން ސަލާމް ދިޔައީ އޮފީހުގެ ހުރިހާކަމެއް ޖިހާދާގެ ކޮންޓްރޯލްގެ ދަށަށް ދޫކުރަމުންނެވެ. އެހެންކަމުން ޓެކްނިކަލް ޑައިރެކްޓަރަށް އޮފީހުގައި މަސައްކަތް ކުރަން ދަތިވެ، އޮފީސް ދޫކޮށް ގޮސްފައިވެއެވެ.

މުވައްޒަފުންގެ މެދުގައި މައްސަލަ ޖެހުން

ޓެކްނިކަލް ޑައިރެކްޓަރ ވަޒީފާ ދޫކޮށް ދިއުމުން، ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ މަރިޔަމް ސަޢީދާ ޓެކްނިކަލް ޑައިރެކްޓަރގެ ޒިންމާތަކާއި ޙަވާލުވިއެވެ. ނަމަވެސް މަރިޔަމް ސަޢީދާ އަކީ ކުރިން ހުރި ޓެކްނިކަލް ޑައިރެކްޓަރގެ ގާތް މީހަކަށްވާތީވެ، އެއްވެސް އެއްގުމަކާއި ނުލައި މަރިޔަމް ސައީދާ ޒިންމާއިން އެކަހެރިކޮށް ޖިހާދާގެ ގާތް މީހެއްކަމަށްވާ އިންވެސްޓިގޭޓަރ ސަމާޙަތު އާއި މަސައްކަތް ހަވާލުކުރިއެވެ. އަދި މި ދުވަސްވަރު އޮފީހުގެ އެކުވެރިކަން އާލާކުރުމަށް ކުލަބެއް ހެދުމުގެ ތެރޭގައި ސީނިޔަރ ކޭސް މެނޭޖްމަންޓް އޮފިސަރ ސައްދާމް އާއި މީޑިއޭޓަރ ނަޖްމާ ރައީސްކަމަށް ވާދަކޮށް ނަޖްމާ ބަލިވުމުން މުޥައްޒަފުންގެ މެދުގައި ދެ ފެކްޝަން އުފެދި ނަޖްމާ ކުލަބުގެ ހިންގުން ދޯދިޔާކަމަށް ބުނެ ފާޑުކިޔައި ހަދައި ތަނުގެ މަސްލަޙަތު ނަގާލުމަށް މަސައްކަތް ކޮއްފައިވެއެވެ. އަދި މިކަމުގެ ފައިދާ މަރިޔަމް ސައީދު ނަގައި ނަޖުމާ އާއި ގުޅިގެން ސައްދާމު މައްސަލައެއްގެ ފައިލް ބަލައިފިކަމަށް ބުނެ 01 އަހަރު ދުވަހަށް މަސައްކަތުން އެކަހެރި ކުރުމަށް ޖިހާދާ އަށް ނަސޭހަތްދީ އެއްވެސް ޒިންމާއެއް އަދާނުކޮށް 01 އަހަރު ސައްދާމް ބަހައްޓާފަައިވެއެވެ. އަދި ސައްދާމް ކަނޑާލުމަށް ޖިހާދާ އާއި މަރިޔަމް ސައީދު އެކުވެ އެތަކެއް ފަހަރު ހުށައެޅުމުން ލައިޒާ އާއި ސަލާމް އެކަމަށް އިންކާރުކުރުމުން ލައިޒާ ބޭރުކޮށްލުމުގެ މަސައްކަތް ޖިހާދާ އާއި ނަޖްމާ އިސްވެ ފެށިއެވެެ.

ޖިހާދާ އަނީސް

ލައިޒާ އިސްޠިއުފާ ދިނުން

ލައިޒާ އާއި ހަވާލުކޮށްފައިވަނީ ދެކުނުގެ ބަޢާވާތާއި އަދި އަމީން ދީދީ އަވަހާރަކޮއްލި މައްސަލަ އާއި ފަޅުރަށްތަކާއި ގުޅިގެން ހުށައެޅިފައިވާ ސަކުވާތަކާއި ގުޅޭ ދިރާޝާ އެއް ހެދުމަށެވެ. ނަމަވެސް މި ދިރާސާގެ ތެރެއަށް ދޭތެރެ ދޭތެރެއިން ޖިހާދާ ވަދެ މީޓިންތަކުގައި އެކަމަށް ފާޑުކިޔައި، ތަހްޤީޤަށް ހޯދޭ މަޢުލޫމާތުތަށް ދިރާސާއަށް ޙިއްސާނުކޮށް ދަތިކުރަން ފެށުމުން ލައިޒާ ވަނީ އަމިއްލައަށް އިސްޠިއުފާ ދީފައެވެ.

މުޥައްޒަފުންނާއި ޖިހާދާ ޙާއްސަ ގުޅުމެއް ބޭއްވުން

އޮފީހުގެ ކަންކަން ހިނގަމުން ދިޔައިރު ޖިހާދާ ދިޔައީ ފިރިހެން ބައެއް މުވައްޒަފުންނާއި ޕްރޮފެޝަނަލް ގުޅުމުގެ އިތުރުން ރަޙްމަތްތެރިކަމުގެ ގުޅުން ތަކެއް އުފައްދަމުންނެވެ. މިގޮތުން ޖަލުގައި ހިގާފައިވާ ލާއިންސާނީ ކަންކަމާއި ގުޅިގެން ހިންގުނު ތަޙްޤީޤް ތަކުގައި އޮފީހުގެ ޓީމެއް 01 ހަފްތާއަށް މާފުށީގައި މަޑުކުރިއެވެ. މި މަޑުކުރުމުގައި ޖިހާދާ އަނީސް އަދި މުޙައްމަދު އިބްރާހީމް އާއި އަދި އިތުރު ބައެއް މުވައްޒަފުން މަޑުކޮއްފައިވަނީ އަކޫޒް ކިޔާ ޖަލާއި ވަރަށް ގާތުގައި ހުރި ގެސްޓް ހައުސް އެއްގައެވެ. ނަމަވެސް ޖިހާދާ ރޭގަނޑުގެ ފަރީއްކޮޅު އަދި މަަސައްކަތް ނިމުމުން މުޙައްމަދު އިބްރާހީމް އާއި އެކު މާފުށީ ތުނޑިމަތީގަައި އަދި ދަންވަރު މާފުށީ ކެފޭތަކުން ފެނުމުން އެެހެން މުވައްޒަފުން އެވާހަކަ ދަންކަންފެށިއެވެ. އެ ވާހަކަތަށް ވައިގައި ހިފުމުން ނޫހެއް މެދުވެރިކޮށް މެދުވެރިކޮށް މުޙައްމަދު އިބްރާހީމްގެ އަނބުރު ކަތިލައި ފުލުހުންނާއި ގުޅިގެން ޙައްޔަރުކޮށް މުޙައްމަދު އިބްރާހީމް ޖިހާދާއަށް ޖިންސީ ފުރައްސާރަކުރާކަމަށް ބުނެ މައްސަލަ ހުށައަޅައި ސަލާމް މައްސަލަ ނުބަލައިގެން އެ ސަކުވާކުރަމުން ގެންގޮސްފައިވެއެވެ. އަދި ޖަލުގެ ހިޔަރިން ދިޔަ ދުވަސްވަރު ނަޖުމާ އަކީ ކުރިން މަސްުވާތަކެތީގެ މައްސަލަ އެއްގައި ޖަލުގައި ހޭދަކޮއްފައިވާ ފަރާތެއްކަން ޖަލުގައި ތިބި ބައެއް ގައިދީންގެ ފަރާތުން އެގުމުން ނަޖުމާ ވަކިކުރުމަށް ޖިހާދާ ވަނީ ސަލާމް އަށް ހުށައަޅާފައެވެ.

ސަލާމް އޮފީހުގެ ބާރުތައް ނެގުން

އޮފީހުގެ މުއްދަތު ހަމަވުމުން ރައީސް ސޯލިހު ވަނީ ގާތްތަޑަކަށް 10 ވަރަކަށް މަސްދުވަސް އިތުރުކޮށް 2023 ވަނަ އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހާއި ހަމައަށް އޮފީހުގެ މުއްދަތު އިތުރުކޮށްދީފައެެވެ. އަދި މި ދުވަސްތަކުގައި ތަޙްޤީޤާއި ގުޅޭ ހުރިހާކަމެއް ބަލަހައްޓަމުން ގެންގޮސްފައިވަނީ ޖިހާދާއެވެ. ނަމަވެސް އޮފީހުގެ މުއްދަތު ގާތްވަމުން އައި ނަމަވެސް މައްސަލަތަށް ނިމުންލަސްވާތީއާއި މާލޭގައި ބޭއްވުނު ކުލޯސް ހިޔަރިންއެއްގައި ޕީއާރު އޮފިސަރ އައިޝާ އަޑުއެހުންތަކަށް ނުވައްދަން ޖިހާދާ މަސައްކަތް ކުރުމުން ސަލާމް ވަނީ ކޮންޓްރޯލް ނަގައި، އޮފީހުގެ ހިންގުން ސީދާ ސަލާމްގެ ބެލުމުގެ ދަށުން ގެންދަން ފަށާފައެވެ. އެއާއި އެކު ޖިހާދާ ފެކްޝަނަށް ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރުވި އަނެއް ކަމަކީ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި ނިހާޔަތު އޮފީހުގެ ވަޒީފާ ދީ އިންވެސްޓިގޭޝަން އާއި ގުޅޭ ކަންކަން އޭނާގެ އަތްމަތްޗަށް ދިޔުމެވެ. އަދި އެއިރު ނިހާޔަތުވަނީ އޭނާ ހުކުމް ބަދަލުކޮށްގެން ޤާޟީކަމުގެ ސުލޫކީ މައްސަލަ ބަލަން ފެށުމުން ވަޒީފާއިން އިސްޠިއުފާ ދިން މައްސަލަ އިންޠިޤާލީ އޮފީހަށް ހުށައަޅާފައެވެ. އެހެންކަމުން އެ މައްސަލަ ނިންމުމާއި ބަދަލު ހޯދުމަށް ނިހާޔަތު ޖިހާދާ އާއި ބައިޢަތު ހިފިއެވެ.

ޖިހާދާ މައްސަލަތައް ނުނިންމީ ކީއްވެ؟

ޖިހާދާ މައްސަލަތައް ނުނިންމީ މައްސަލަތައް އަވަހަށް ނިމިއްޖެނަމަ ގާނޫނުގައި ބުނާ ގޮތަށް އޮފީސް ނިމިގެން ގޮސްފިނަމަ ޖިހާދާ އަށް ވަޒީފާ ގެއްލިދާނެކަމުގެ ބިރު އޮތުމުންނެވެ. އަދި ޖިހާދާ ކޯލިޝަންގައި ހިމެނޭ އަނެއް މަރިޔަމް ސައީދާ އާއި ނަޖްމާ އާއި ނިހާޔަތު އާއި ނިސްރީންވެސް އެމީހުންގެ ވަޒީފާ ވީހާވެސް ގިނަ ދުވަހަށް ދައްމާލަން ބޭނުންވިއެވެ. އެގޮތުން އެމީހުން ދިޔައީ މަހެއްގެ މައްޗަށް 30 ހާސް ރުފިޔާ އިތުރުގަޑީގެ ގޮތުގައި ނަގަމުންނެވެ. އަދި އެކަން އޭސީސީ ބަލަމުންގެންގޮސްފައި ވީނަމަވެސް ފިޔަވަޅެއް އަޅާފައެެއްނުވެއެވެ.

އޮފީސް ދައްމާލުމާއި ޖިހާދާ ފެކްޝަނަށް ވަޒީފާގެ ޔަޤީންކަން ލިބުން

ނިހާޔަތުގެ ގާތް އެކުވެރިޔާ އަދި ފުންނާބް އުސް ވަކީލް އެމް.އެން.ޕީން ޕީ.އެންސީ އަށް ބަދަލުވުމާއި އެކު އޮފީހުގެ ކަންކަމާއި މަސްވަރާކޮށް އޮފީސް ދިގުދައްމާލުމަށް މަސައްކަތް ފެށިއެެވެ. އެއީ ޑރ މުޢިއްޒުގެ ވެރިކަމުގައި އޮފީސް ދައްމާލައި ވަޒީފާ ކަށަވަރު ކުރުމަށެވެ. މިގޮތުން އޮފީހަށް ހުށައެޅިފައިވާ މައްސަލަ ތަކުގެ ތެރެއިން 43 އިންސައްތަ މައްސަލަ އަކީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލަ ތަކެވެ. މި މައްސަލަ ތަކުގެ ތެރެއިން 37 އިންސައްތަ މައްސަލަ ރައްދުވާ ފަރާތަކީ އިންޠިހާބީ ރައީސް މުޙައްމަދު މުޢިއްޒް ކަމަށްވާތީވެ، އޮފީހުގެ މަސައްކަތް ނުނިންމާ ބާއްވައި އެކަމުގެ ފައިދާ ނެގުމަށް ޖިހާދާ އާއި އޭނާގެ ޓީމުން މަސައްކަތް ކޮއްފައިވެއެވެ. އަދި އެ މައްސަލަތަށް ނިންމައިފިނަމަ މުޢިއްޒްގެ ސަރުކާރުން ބަދަލު ދޭން ޖެހިދާނެކަމަށް ބުނެ އެކަން ނުނިންމާ ބޭވުމަށް މަސައްކަތް ކުރަމުން ގެންގޮސްފައިވެއެވެ.

އޮފީސް އުވާނުލުމަށް ނަޖުމާ ޓްރެބިއުނަލްއަށް މައްސަލަ ހުށައެޅުމާއި ރައީސް އަދި މަޖްލީހަށް ޕެޓިޝަން ހުށައެޅުން

އޮފީސް އުވާލާ އަދި ވަޒީފާ ގެއްލިދާނެތީވެ، އޮފީސް އުވާލުން މަޑުޖައްސާލުމަށް ނަޖުމާ ވަނީ ޓްރެބިއުނަލް އަށް މައްސަލަ ހުށައަޅައި އަދި ވަގުތީ އަމުރަކަށް އެދިފައެވެ. ޓްރެބިއުނަލްގެ އިޙްޠިޞާސް ލިބިގެން ނުވާ އެ މައްސަަލަ ބަލައިގެންފައިވަނީ ޖިހާދާ އަނީސްގެ ނުފޫޒުންނެވެ. އަދި ވަގުތީ އަމުރަށް އިންޠިޤާލީ އިންސާފްގެ އޮފީހުން ޖަވާބުދާރީވުމަށް 16 ނޮވެމްބަރ 2023 ޗިޓް ފޮނުވާފައިވެއެވެ.

ޖިހާދާ އިސްޠިއުފާ ދިނުމާއި، އޭސީސީން އިންޠިޤާލީ އޮފީހަށް ވަނުން

ޓްރާސްސިސަނަލް އޮފީހުން އިންޠިޤާލީ އޮފީހާއި އެކު ބައްދަލުވުމެއް ބޭއްވުނެވެ. އެ ބައްދަލުވުމުގައި ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނެރުނު މައްސަލާގައި ޖަލައްލެވިފައިވާ ފަރާތެއް ބައިވެރިވިއެވެ. އަދި އެފަރާތަކީ ޖިހާދާ އަނީސް އާއިއެކު ކުރިން އެއް އޮފީހެއްގައި ވަޒީފާ އަދާކޮއްފައިވާ ފަރާތެއްކަމުން އެފާރާތާއި ޖިހާދާ ވަކިން ވާހަކަ ދައްކައި މުއިއްޒްގެ ވެރިކަމުގައި ހަދާ " ހައްޤުތަކާއި ބެހޭ " އޮފީހުގެ އިސްވެރިޔާކަމަށް ޖިހާދާ އައްޔަތް ކުރާނެ ކަމަށާއި، އެ ވަގުތާއި ހަމަށް އިންޠިޤާލީ އޮފީހުން ބަލަމުންދިޔަ މައްސަލަތަށް ހުއްޓާލުމަށް އިރުސާދުދީފައިވެއެވެ. އަދި އެގޮތުން ހުށައެޅިފައިވާ މައްސަލަ ތަކަށް މުއިއްޒްގެ ސަރުކާރުން ހައްލު ހޯދައި ދިނުމަކީ މުއިއްޒްގެ ސަރުކާރަށް ލިބޭނެ ޕްލަސް ޕޮއިންޓެއް ކަމުގައި ވާތީވެ، އެކަން ހުއްޓުވުމަށް ޖިހާދާ ދިޔައީ އޭނާގެ ޕާޓީގެ ހިމެނޭ މަރިޔަމް ސައީދާ، ނަމްޖާ އަދި ނިހާޔަތުއަށް ވިސް ނައިދެމުންނެވެ. އަދި އެ އޮފީހުން އެގްޒެކްޓިވް ފެންވަރުގެ ވަޒީފާތަށް ދޭނެކަމަށް ބުނެ އެމީހުންނަށް ވަޢުދުވަމުންނެވެ. މިހެންކަމުން ޗީފް ސަލާމްގެ އެންގުމާ ހިލާފަށް ނިހާޔަތު ދިޔައީ މައްސަލަތައް އެޖެންޑާކުރުން ހުއްޓާލާ އަދި މައްސަލަތައް ހުށައެޅުމަށް މަރިޔަމް ސައީދާ އާއި ނަޖްމާ އަދި ނިސްރީނު ދިޔައީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. މިހެންކަމުން އޮމްބަޑްސްޕާސަންގެ ބައްދަލުވުމަކުން އެ މުވައްޒަފުންގެ މައްސަލަތައް އެހެން އައިއޯއިންނަށް ބަދަލުކޮށް ބިއުރޯ މެދުވެރިކޮށް މައްސަލަތައް ސެޑިއުލްކޮށް މީޓިންތަށް ބާއްވަން ނިންމިއެވެ. މި ނިންމުމާއި އެކު ޖިހާދާ އަނީސް ވަގުތުން އިސްޠިއުފާދީ އެކަން އޭސީސީއަށް ހުށައަޅައި ޖިހާދާ އަނީސްގެ ގާތް ރައްޓެއްސެއްކަމުގައިވާ އޭސީސީގެ މެންބަރު ޠާހާ މެދުވެރިކޮށް އިންޠިޤާލީ އޮފީހުގެ މަސައްކަތް ހުއްޓުވިއެެވެ. އަދި މައްސަލަ ހުށައަޅާފައިވާ ޖިހާދާ އަނީސްގެ ރަށުގެ މީހެއްކަމަށްވާ ޢަލީ މުރުޠަޟާ ލައްވައި އޭސީސީއަށް މައްސަލަ ހުށައަޅައި ނަޖްމާ އާއި މަރިޔަމް ސައީދާ އާއި ނިހާޔަތު ލައްވައި އޮފީހާއި ބެހޭ ގޮތުން ދޮގު މަޢުލޫމާތުތަކެއް މައްސަލަ ހުށައެޅި ފަރާތްތަކަށް ޙިއްޞާކޮއްފައިވެއެވެ. އަދި އޭސީސީން އޮފީހަށް ވަދެ އޮފީހުގެ މަސައްކަތް ހުއްޓުވައި ބިއުރޯގެ ސިސްޓަމް އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސް ނިމިފައިވާ ރިޕޯޓްތައް ވަނީ ހުއްޓުވާ މީހުންގެ ޙައްޤުތަށް ހިފަހައްޓާފައެވެ. އެގޮތަށް އެކަން ކޮއްފައިވަނީ " ހައްޤުތަކާއި ބެހޭ" އޮފީހުގެ ވެރިޔާ ގެ މަގާމަށް ޖިހާދާ އައިސް އެހައްޤުތަށް ކަށަވަރުކޮއްދިނުމަށް ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މި ލިޔުމުގައި ކަނޑަ އެޅިގެން ދޮގު އެބަހުރި. ނޫސްވެރިކަން ތަންކޮޅެއް ރަނގަޅަށް ކުރަން އެބަޖެހެ. އަބުރުގެ ދައުވާ ކުރެވޭ ވަރަށް ދޮގު ހަދާފައި އެބަހުރި. ދޭނެ ނަސޭހަތަކީ އިތުރަށް އިންވެސްޓިގޭޓްކޮށް ނޫސްވެރިކަން ހަރުދަނާކޮށް ކުރުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *