logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މަހުގެ އެކްސްޕޯޓް 45 ޕަސެންޓް ދަށްވެއްޖެ

ރާއްޖެއިން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 45.7 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ އިން އޭޕްރީލްގެ ނިޔަލަށް އެކްސްޕޯޓްކޮށްފައިވަނީ 19،060 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި 35،081 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު، 16،021 މެޓްރިކް ޓަނުގެ މަދު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ހަތަރުމަހު އެކްސްޕޯޓްކުރި މިންވަރު:

  • ޖެނުއަރީ: 4،475 މެޓްރިކް ޓަނުގެ މަސް
  • ފެބްރުއަރީ: 6،051 މެޓްރިކް ޓަނުގެ މަސް
  • މާޗް: 3،787 މެޓްރިކް ޓަނުގެ މަސް
  • އެޕްރީލް: 4،746 މެޓްރިކް ޓަނުގެ މަސް

އެ ތަފާސްހިސާބުން ދައްކާ ގޮތުން ރާއްޖެއިން މިއަހަރު އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ކަޅުބިލަ މަހެވެ. އެގޮތުން އެ ބާވަތުގެ 12،240 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެއެވެ.

އޭގެ އިތުރުން، އެޕްރީލްއާ ހަމައަށް 3،740 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާ އިރު، މަސްދަޅާއި ޕޯޗްޑްގެ މަހުގެ ގޮތުގައި 2،557 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެއެވެ.

މަސްވެރިކަމަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ސިނާއަތެވެ. އަދި މި ސިނާއަތް ސިފަކުރަނީ ޒަމާނުއްސުރެ ދިވެހިންގެ ލޭނާރުގެ ގޮތުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *