ފުރާންސްގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ހަތިޔާރާއި ހަނގުރާމައިގެ ސާމާނު ވިއްކާ އެގެޒިބިޝަނުގައި އިޒްރޭލް ބައިވެރި ނުކުރަން ފުރާންސުން ނިންމަިފިއެވެ.
ފުރާންސްގެ ޑިފެންސް މިނިސްޓަރީން އިޒްރޭލަށް އަންގާފައިވާ ގޮތިގައި އިޒްރޭލް އެކަހެރި ކުރަން ނިންމީ އިޒްރޭލުން މިހާރު ރަފާހްގައި ހިނގާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރާކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.
އިޒެރަެލަކީ މިއެގްޒިބިޝަނަށް އާހަތިޔާރު ނެރެގެން މަލްޓި މިލިއަން ޑޮލަރުގެ ހަތިޔާރުގެ ވިޔްފާރި ޑީލްތައް ހަދާފައިވާ ގައުމެކެވެ. އެހެންކަމުން އިޒްރޭލާއި އެމެރިކާއިން ވަނީ ފުރާންސް ދެވަނަ ވިސްނުމަކުން ވިސްނާލައި، އިޒްރޭލް އެކަހެރި ކުރުމުގެ ވިސްނުން ދޫކޮށްލުމަށް ގޮވާލާފައެވެ.
ދުރާންސުން ބުނެފައި ވަނީ އެއީ ގައުމީ ނިންމުމެއް ކަމަށާއި ކިތަންމެ ޕަރެޝަރެއް ކުރިއަސް މިފަހަރުގެ އެގްޒިބިޝަނުން އިޒްރޭލަށް އެއްވެސް ޖާގައެއް ނުދޭނެއެވެ. އަދި އިޒްރޭލުގެ އެއްވެސް އުފެއްދުމެއް ޑިސްޕްލޭވެސް ނުކުރެވޭނެއެވެ.