logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

މިޔަރެއް ހަމަލާދީގެން ޒަހަމްވި ސިފައިންގެ މީހާ މަރުވެއްޖެ

މިޔަރެއް ހަމަލާދީގެން ޒަހަމްވި ސިފައިންގެ މީހާ މަރުވެއްޖެއެވެ.

ސިފައިންގެ މީހާ މަރުވެފައިވަނީ އެމްއެންޑީއެފުން ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިންނެވެ.

މަރުވެފައިވަނީ, ރ.އުނގޫފާރަށް ނިސްބަތްވާ އެރަށު ނިއުލައިފް ގޭ ލާންސްކޯޕްރަލް މުހައްމަދު ޒައިދާން އެވެ. އުމުރުން 23 އަހަރުގެ ޒުވާނާ މަރުވެފައިވަނީ ފަރުވާދެމުން ދަނިކޮށް މިރޭ 20:40 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ.

މިޔަރު ދަތްއެޅުމުގެ ސަބަބުން ޒައިދާންއަށް ބޮޑެތި ޒަހަމްތަކެއް ލިބި، ގައިން ވަރަށް ބައިވަރު ލޭ ވަނީ ބޭރުވެފައެވެ. މިޔަރުގެ ހަމަލާ އެންމެބޮޑަށް އަމާޒުވެފައިވަނީ އޭނާގެ ފަލަމަސްގަނޑަށެވެ. ޒައިދާންއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދީފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުންނެވެ. އޭނާގެ ހާލު ބޮޑުވުމުން ފަރުވާދީފައިވަނީ އައިސީޔޫޣައި ބާއްވައިގެންނެވެ. ޒައިދާން އެމްއެންޑީއެފަށް ވަދެފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *