logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ސިނަމާލެ ބްރިޖްގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް

ސިނަމާލެ ބްރިޖްގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މީގެ އިރުކޮޅެއްކުރިން ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭނުގައެވެ. އެވަގުތު އެ ސަރަހައްދުން ދަތުރުކުރި މިނިވަންގެ ރިޕޯޓަރު އަލީ ހުސައިން ބުނީ މަންޒަރު ފެންނަގޮތަށް ބަލާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ކަމަށް ބެލެވޭ ކަމަށެވެ.

"ސައިކަލް ދުއްވަން އިން މީހާ ވެއްޓިފައި އޮތްއިރު އޭނާގެ އެއްވެސް ހަރަކާތެއްނެތް. ސައިކަލް އޮތީ އެމީހާއާ 100 ވަރަކަށް ފޫޓު ދުރުގައި" އަލީ ބުންޏެވެ.

އެކްސިޑެންޓް ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފުލުހުންވެސް ވަނީ ވަރަށް އަވަހަށް ހާދިސާ ހިނގި ތަނަށް ގޮސްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *