logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް އަދި 241 ކޮމިޓީގެ މުގައްރިރަކަށް ސަލީމް

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި 241 ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް އައްޔަން ކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް އިބްރާހީމް ހަމަޖައްސާފައިވަނީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާގައި މިއަދު ވަނީ ކޮމިޓީތަކަށް އައްޔަނުކުރުމަށް ފޮނުވި ނަންތައް ފާސްކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަގާމަށް ގާސިމް އިބްރާހީމް އައްޔަނުކުރިއިރު، އޭނާ މަގާމަށް އައްޔަނުކުރުމަށް ނަން ހުށަހެޅުއްވީ ބ.އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. މީގެ ކުރިންވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމް ފުރުއްވެވި ގާސިމުގެ ނަން ފާސްކޮށްފައިވަނީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަނުކޮށްފައިވަނީ ސަލީމެވެ.

ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް

މާލިއްޔަތު ކޮމިޓީގެ މެމްބަރުން:

  1. ގާސިމް އިބްރާހިމް (މުގައްރިރު)
  2. އަހްމަދު ސަލީމް (ނައިބު މުގައްރިރު)
  3. އަހްމަދު ނާޒިމް (މަޖިލިސް ނައިބު ރައީސް)
  4. އަބްދުﷲ ޝަމްހީދު (ހުޅުމާލެ ދެކުނު ދާއިރާ)
  5. މުހައްމަދު މަމްދޫހް (ފުނަދޫ ދާއިރާ)
  6. އަބްދުﷲ ޝަރީފް (ކެލާ ދާއިރާ)
  7. އަހްމަދު އަޒާން (ހިތަދޫ މެދު ދާއިރާ)
  8. ހަމަދު އަބްދުﷲ (ފުވައްމުލަކު އުތުރު ދާއިރާ)
  9. އިބްރާހިމް ސުޖާއު (ބާރަށު ދާއިރާ)
  10. އަސަދުﷲ ޝިހާބް (ގެމަނަފުށީ ދާއިރާ)
  11. އަބްދުލްޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)

މިއަދުގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރަކަށް އައްޔަނުކޮށްފައިވަނީ ސަލީމެވެ. 241 ކޮމިޓީގެ ނައިބު މުގައްރިރަކަށް ހަމަޖައްސާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރުގެ އިތުރުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގެ މަގާމުގައިވެސް ހުންނެވި އިބްރާހިމް ފަލާހު އެވެ.

241 ކޮމިޓީގެ މެމްބަރުން:

  1. އަހްމަދު ސަލީމް (މުގައްރިރު)
  2. އިބްރާހިމް ފަލާހް (ނައިބު މުގައްރިރު)
  3. އަހްމަދު ނާޒިމް (މަޖިލިސް ނައިބު ރައީސް)
  4. މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ)
  5. އަބްދުލްޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)
  6. މުހައްމަދު ޝާހިދު (ހުޅުދޫ ދާއިރާ)
  7. ޝާމިން ހަބީބް (ކުރެންދޫ ދާއިރާ)
  8. އަހްމަދު ތޯރިގް (މަހިބަދޫ ދާއިރާ)
  9. އަހްމަދު އަޒާން (ހިތަދޫ މެދު ދާއިރާ)
  10. އަބްދުލްހަންނާނު އަބޫބަކުރު (ތުޅާދޫ ދާއިރާ)

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީއަށް މެމްބަރުން އައްޔަނު ކޮށްފައިވާއިރު މި ދެ ކޮމިޓީގައި ޕީއެންސީގެ މެމްބަރުންގެ އިތުރުން އެހެން ޕާޓީތަކަށް ނިސްބަތްވާ އެއް މެމްބަރަކު ހިމެނެއެވެ.

ރައްޔިތުން މަޖިލީހުގެ ކޮމިޓީތައް ތަމްސީލް ކުރާނޭގޮތުގެ ރިޕޯޓް މިއަދު ފާސްކުރިއިރު، ކޮމިޓީތަކުން ޕީއެންސީއަށް 151 ސްލޮޓް ކަނޑައެޅިއިރު، އިދިކޮޅު އެމްޑީޕީއަށް ކަނޑައަޅާފައިވަނީ 24 ސްލޮޓެވެ. މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކޮމިޓީތައް ތަމްސީލް ކުރާނޭގޮތުގެ ރިޕޯޓް ފާސްކޮށްފައިވަނީ 88 މެމްބަރުންގެ ވޯޓުންނެވެ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *