logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ރުހުން ނުލިބުނު ތިން ވަޒީރުންގެ މައްސަލަ އަނެއްކާވެސް ކޮމިޓީއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ނިމިގެންދިޔަ ދައުރުގައި ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދަން އަލުން ކޮމިޓީއަށް ފޮނުވައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ 19 ވަނަ ދައުރުގައި ކޮމިޓީން ރުހުން ނުދިން ތިން ވަޒީރުންނަކީ  އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތިން ވަޒީރުންނަށް ރުހުން ނުދިން މައްސަލަ އެޖެންޑާކުރިއިރު، އެ މައްސަލަ ކޮމިޓީން ބެލުމަށް ވަނީ ނިންމާފައެވެ.

މި ސަރުކާރުގެ ވަޒީރުގެ މަޖީލީހުގައި ޖުމްލަ 22 ވަޒީރެއް ހިމެނިވަޑައިގަންނަވާއިރު، އޭގެ ތެރެއިން 19 ވަޒީރަކަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް މަޖިލީހުން ނިންމީ 3 ވަޒީރަަކަށް ރުހުން ނުދިނުމަށެވެ.

މަޖިލީހުގެ ކޮމިޓީން އެ ތިން ވަޒީރުންނަށް ރުހުން ނުދިން ނަމަވެސް ރައީސްލްޖުމުހޫރިއްޔާ ވަނީ އެމަނިކުފާނަށް ޤާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ ތިން ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަން ކުރައްވާފައެވެ. އަދި އެ ތިން ވަޒީރުން ވަނީ މަގާމުގެ ހުވާވެސް ކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *