logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހިޔާ އެޕާޓްމަންޓަކަށް މީހަކު ގެންގޮސް، ފޭރުނު ބަޔަކު އަތުލައިގަނެ ބޮކްސާކޮޅަށް ހެދުމަށްފަހު ހަވަރަށްދީފި

ހިޔާ ޓަވަރު އެކެއްގައި ހުރި އެޕާޓްމަންޓަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގާފައިވަނީ ހިޔާ ޓަވަރު އެއްވަނަ އިމާރާތުގައެވެ. އެޕާޓްމަންޓެއް ކުއްޔަށްދޭކަމަށް ބުނެ މީހަކު ގޮސް އެޕާޓްމަންޓަށް ވަނުމުން އެތަނުގައި އެވަގުތު ތިބި ބަޔަކު ވަނީ އެމީހާ އަތުން ފޭރުމަށްފަހު ދޫކޮށްލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ވަނީ ތޫނު އެއްޗަކުން ބިރުދައްކައި އެމީހާއަތުން ފައިސާ ހޯދާފައެވެ. އަދި އެމީހާ ބްލެކްމައިލް ކުރިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފަހުން ފޭރުނު މީހާ ވަނީ ބަޔަކު ގޮވައިގެންގޮސް އެ އެޕާޓްމަންޓަށް ވަދެ ފޭރުނު މީހުން ޓަވަރުން ބޭރަށްނެރެ ބޮކްސާ ފިޔަވައި ލައިގެންހުރި ހުރިހާ އެއްޗެއް ބާލުވައި ހަވަރަށް ދީފައެވެ. ފޭރުނު މީހުން ޓަވަރު އެކަކަށް ވަންނަ ރަސްމީ ސިޑިމަތީގައި ބޮކްސާކޮޅާ ބައިތިއްބާފައިވާއިރު، ގިނަ އަދަދެއްގެ އާއްމުން ވަނީ އެތަނަށް އެއްވެ، އެމީހުންގެ ފޮޓޯވެސް ނަގައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުކޮށްފައެވެ.

ފަހުން އެތަނަށް ފުލުހުން އައުމަށްފަހު އެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހިޔާ ޓަވަރު އެކެއްގައި ހުރި އެޕާޓްމަންޓަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއް ފެންމަތިވެފައިވާއިރު، މީގެ ކުރިންވެސް މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ހިޔާ ޓަވަރުގައި ނޭދެވޭ އެކިކަހަލަ މައްސަލަތައް ފެންމަތިވަމުންދާއިރު ހިޔާ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ބުނެ ހިޔާ ޓަވަރުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސަރުކާކާރުގަ ތިބިމީހުން ރައްޔިތުން އަތުން އިކިގޮތްގޮތުން ޖަހާގައްނަނީ ދެންތިބިބަޔަކު ފޭރިގައްނަނީ ބަލިމީހާބަލި ގަދަމީހާގަދަ ޖަންގަލީގެ ހުކުމް މަތިން ތިރިޔައްވިސްނަންވެއްޖެ
    ފޮނިކަނޑާ ދޮގުހަދަ ހަދާތިބުމުން ނަތީގޯސްކަން

  2. ރަނގަޅަށް ތިހެދީ.މައިތިރި ކުރުވަން އެބަޖެހޭ.މާމައްޗަށް ކަންތައްދަނީ.

  3. ގިނަފުލެޓުތައްހުންނަނީކުއްޔަށްދީފައި
    ކޮބާހައްގުވެރިން

    1. ހައްޤުވެރިން ފަޤީރު ކަމުން ކުއްޔައް ދޭން ޖެހެނީ…. ސަރުކާރަށް ދައްކަންޖެހޭ ކުލި ދައްކަމުން ދަންޔާ ބޭފުޅާއަށް ކޮން ބާދެއްތޯ ތިޔަކުދަނީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *