Minivan-logo

English

ހޯމަ, 11 ޑިސެމްބަރ 2023

ފަލަސްތީނުގައި ހިންގާ ޖަރީމާތައް ތަހުގީގުކޮށްދޭން ފަސް ގައުމަކުން އެދިއްޖެ

ފަލަސްތީނުގެ ބިންތަކުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލައިދިނުމަށް ފަސް ގައުމަކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި އެދިއްޖެއެވެ.

އައިސީސީގެ ޕްރޮސެކިއުޓާ ކަރީމް ކާން ވިދާޅުވީ ފަލަސްތީނުގެ ހާލަތު ބަލަން އެދިފައިވަނީ ސައުތު އެފްރިކާ، ބަންގްލަދޭޝް، ބޮލީވިއާ، ކޮމޮރޯސް އަދި ޖިބޫޓީއިން ކަމަށެވެ.

2014 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން "ފަލަސްތީނުގެ ހާލަތު" އައިސީސީން މިހާރުވެސް ދަނީ ބަލަމުންނެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ތަހުގީގުކޮށް ދިނުމަށާއި އިޒްރޭލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ތިން ޖަމާއަތަކުން ވަނީ އައިސީސީގައި އެދިފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތައް ކަމަށްވާ އަލް ހައްގާއި، އަލް މެޒާން އަދި ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ މަރުކަޒުން ހުށަހެޅި މައްސަލާގައި ބުނީ ގާޒާގެ އާބާދީ ބޮޑު ސަރަހައްދުތަކަށް އިޒްރޭލުން ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށެވެ.

ގާޒާގެ އާބާދީ މަޖުބޫރުން ބަދަލުކުރުމާއި، ފަލަސްތީނުގެ ރައްޔިތުންނަށް ދެކޮޅަށް ވިހަ ގޭސް ބޭނުންކުރުމާއި، ކާބޯތަކެއްޗާއި ފެނާއި ތެލާއި ކަރަންޓު ފަދަ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅުން ފަދަ ކަންކަން ބަލައި، ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު އިތުރަށް ފުޅާކުރުމަށް އެ ޖަމިއްޔާތަކުން އައިސީސީއަށް ހުށަހެޅި ލިޔުމުގައި ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *