Minivan-logo

English

ހޯމަ, 11 ޑިސެމްބަރ 2023

އިންޑިއާ މައްސަލަތަކަށް ހައްލުހޯދަން ބޭނުންވަނީ ގުޅިގެން: މިނިސްޓަރު ޒަމީރު

ރާއްޖެއާއި އިންޑިއާ އާއި ގުޅުންހުރި މައްސަލަތަކަށް ގުޅިގެން ހައްލު ހޯދުމަށް މަސައްކަތް ކުރެއްވުމަށް ބޭނުންވާ ކަމަށް އާ ފޮރިން މިނިސްޓަރު މުސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިހެން ވިދާޅުވީ، އިންޑިއާގެ  އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު އޭނާއަށް މަރުހަބާ ވިދާޅުވެ އެކުރެއްވި އެކްސްއަކަށް ޖަވާބުދެއްވަމުންނެވެ.

ޒަމީރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެ ގައުމުގެ ރަތްޔިތުންނަށް ޓަކައި ބަދަހިކޮށް އިތުރަށް ކުރިއަރުވަން ބޭނުންވާ ކަމަށެވެ.

އިންޑިއާއާ ރާއްޖެއާ ދެމެދު ޒަމާންވީ ގާތް ގުޅުން އޮންނަ ިއރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮރނުވާލުމަކީ ރައީސް ޑރ.މުއިއްޒު އެންމެ އިސްކަމެއްދެއްވާ އެއްވައުދުފުޅެވެ. އެގޮތުން ފުރަތަމަ 100 ދުވަސް ތެރޭގައި ކުރައްވާނެ އެންމެ ފުރަތަމަ ކަންތައްތަކުގެ ތެރޭގައި ވެސް ހިމަނުއްވާފައިވާ ކަމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *