logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ކަންގަނާ އިންޑިއާގެ ގާނޫނުހަދާ މަޖިލީހަށް އިންތިހާބުވެއްޖެ

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ މެމްބަރުކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު އިންތިހާބުވެއްޖެއެވެ.

ބީޖޭޕީގެ ޓިކެޓް ގައި ހިމާޗަލް ޕްރަދޭޝްގެ މަންޑީއިން  އިންތިހާބުގައި ދެންވާދަކޮށްފައިވަނީ ކޮންގްރެސްޕާޓީގެ ކެނޑިޑޭޓް ވިކްރަމަދިތްޔާ ސިންގް އެވެ. މިއަދު އިއުލާނުކުރަމުންގެންދާ އިންޑިއާގެ އާއްމު އިންތިހާބުގެ ނަތީޖާގެ ހިމާޗަލް ޕްރަދޭޝްގެ މަންޑީގެ ނަތީޖާ މިހާރު އިޢުލާނުކޮށްފައިވާއިރު ބަތަލާ ކަންގަނާ ވަނީ ފާހަގަކޮށްލެވޭވަރުގެ ތަފާތުބޮޑު ނަތީޖާއަކުން ކުރި ހޯއްދަވާފައެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އުމުރުން 37 ބަތަލާ ވަނީ އޭނާގެ ޝުއޫރު އެކްސްގައި ހިއްސާކޮށްފައެއެވެ. ކަންގަނާގެ ޓްވީޓް ގައި ވަނީ "މި ތާއީދަށް ޓަކައި މަންޑީގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން، މި ލޯތްބާއި އިތުބާރު މި ކާމިޔާބަކީ ތިޔަ އެންމެންގެ ކާމިޔާބީއެއް، މިއީ ބޮޑުވަޒީރު މޯދީ އާއި ބީޖޭޕީއަށް އޮތް އިތުބާރުގެ ކާމިޔާބީ، މިއީ ސަނާތާންގެ ކާމިޔާބީ، މިއީ މަންޑީގެ ޝަރަފުގެ ކާމިޔާބީ" ކަމަށެވެ.

އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ވިކްރަމަދިތްޔާ ސިންގް ގެ މައްޗަށް ކަންގަނާ ކުރިހޯދާފައިވަނީ 72088 ވޯޓުގެ ތަފާތަކުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *