އިސްރާއީލުން ލުބުނާނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިނގިރޭސިވިލާތުން ލުބުނާނަށް އިންޒާރު ދީފިއެވެ.
ލުބުނާނުގެ އަލް އަޚްބާރު ނޫހުން ރިޕޯޓްކުރާ ގޮތުގައި ލުބުނާނުގެ އޮފިޝަލުންނަށް ޑިޕްލޮމެޓިކް ޗެނަލްތަކުން އިންޒާރު ލިބިފައި ވަނީ އިސްރާއީލުން ލުބުނާނާ ދެކޮޅަށް ވަރަށް އަވަހަށް ހަނގުރާމައެއް ފަށާނެ ކަމަށެވެ.
އިޒްރޭލުން ލުބްނާނާ ދެކޮޅަށް ރާވަމުންދާ ހަނގުރާމަ މި ހިނގާ ޖޫން މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ވެސް ޑިޕްލޮމެޓުން އަންދާރާކޮށްފައިވެއެވެ.
މި އިންޒާރާ ގުޅިގެން ލުބްނާނުން ބުނެފައިވަނީ އިޒްރޭލުން މިހާރު އެއުޅެނީ އެމީހުންގެ އަނިޔާވެރިކަމުގެ އިންތައް ފުޅާކޮށް، ދުނިޔެ ބިރުގަންނުވަން ކަމަށެވެ.