logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

މެސީ ބްރޭންޑުގެ ކޮކެއިން އަނެއްކާވެސް ދައުރުވަނީ

އާޓެންޓީނާގެ ފުޓުބޯޅަ ތަރި ލިއޮނަލް މެސީގެ ނަމުގައި ހަދާފައިވާ ކޮކެއިން އަނެއްކާވެސް ދައުރުވާން ފަށައިފިއެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ޕެރޫއިން މަގުމަތީ އަގުން ބަލާއިރު 85 މިލިއަން ޑޮލަރުގެ ކޮކެއިން ޕެރޫއިން ވަނީ އަތުލައިގެންފައެވެ.

ދުނިޔޭގެ މީޑިޔާއިން ބުނާ ގޮތުގައި މެސީގެ ނަމާއި އޭނާގެ ފޮޓޯވެސް ކޮކެއިން ޕެކިންގެ ބޭރުގައި ވަނީ ޖަހާފައެވެ.

މިފަހަރު އެމެރިކާ ބައްރުގެ ބައެއް ގައުމުތަކުން 2000 ކިލޯއަށްވުރެ ގިނަ ކޮކައިން އަތުލައިގަތީ މެސީގެ ފޮޓޯއާއި ނަން ޖަހައިގެން ފަގީރުންނަށް ހަދިޔާކުރާ އަންނައުނުގެ ގޮތުގައި ގައުމުތަކަށް އެތެރެކުރަން އުޅެނިކޮށެވެ.

މިފަހަރު އަތުލައިގަތް "މެސީ ކޮކެއިން"ގެ މަގުމަތީ އަގު 100 މިލިއަން ޑޮލަރަށްވުރެ މަތިކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *