logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ދިވެހިންގެ އެހީގައި ޣައްޒާގައި މިސްކިތެއް ބިނާކޮށްފި

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މިހާރު ވަރަށް ބޮޑަށް ސުންނާފަތިވެފައި އޮތް ޣައްޒާގައި ދިވެހިންގެ އެހީގައި މިސްކިތެއް ބިނާކޮށް، ބޭނުން ކުރަން ފަށައިފިއެވެ.

މިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް އެ މަސައްކަތުގައި އިސްކޮށް އުޅުނު ދިވެހި ޖަމިއްޔާއެއް ކަމަށްވާ ހިދުމަތުން ބުނީ މި ފަހަރު ދިވެހިންގެ އެހީގައި މިސްކިތެއް ބިނާކުރެވުނީ މަސްޖިދުލް އަޤްޞާ އާއި އެތާންގެ ވަށައިގެންވީ ސަރަހައްދުގެ މާތް ބިމުން ތަންކޮޅެއްގައި ކަމަށެވެ.

އަދި ޣައްޒާގައި ބިނާކުރި މިސްކިތަކީ މި ވަގުތު ވަގުތީ މިސްކިތެއް ކަމަށް ވެސް ހިދުމަތް ޖަމިއްޔާ އިން ބުނެފައިވެއެވެ.

"މިކަހަލަ އެތައް ވަގުތީ މިސްކިތްތަށް ހެދުމުގެ މަސައްކަތް މި ވަގުވުސް އަޅުގަނޑުމެން ޣަައްޒާގައި އެބަ ކުރިޔަށް ގެންދަން. މިކަމުގައި ތިޔަލޮބުވެތި ރައްޔިތުންގެ އެހީ އިންތިހާއަށް ބޭނުންވޭ. ޙާލަތުގެ ނާޒުކުކަމުން، މިއީ ވަގުތީ މިސްކިތަކަށް ވިޔަސް، ޔަގީން ކަމަކީ ﷲ ގެ ޙަޞްރަތުން ލިބޭނޭ އަޖުރަކީ ވަގުތީ އެއްޗަކަށް ނުވާނެން." އެ ޖަމިއްޔާއިން ބުންޏެވެ.

ހިދުމަތް ޖަމިއްޔާ އިން ބުބީ އީމާންކަމާއި ކެތްތެރިކަމުގެ ކިއްލާތަކެއް ފަދަ ގާޒާގެ ރައްޔިތުން އެ މިސްކިތުގައި ނަމާދުކޮށް ﷲ ހަނދުމަ ކުރަމުން ގެންދާ މަންޒަރަކީ ބަޔާން ނުކުރެވޭ ފަދަ ފިނިކަމެއް ހިތަށް ގެނެސްދޭ ކަމެއް ކަމަށެވެ.

"އުންމީދަކީ އަދިވެސް މިފަދަ ހެޔޮކަމަކަށް އިތުރު ދޮރުތައް ހުޅުވިގެން ދިއުން. އަދި އޭގައި ހިއްސާވުމުގެ ހެޔޮ ތަވްފީޤު ﷲ މިންވަރުކޮށް ދެއްވުން. ސިއްރާއި ފާޅުގައި މި މަސައްކަތަށް އެހީތެރިކަން ދެއްވި އެންމެހައި ފަރާތްތަކަށް އޭގެ ހެޔޮޖަޒާ ﷲ ދެއްވާށި." ހިދުމަތް ޖަމިއްޔާ އިން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *