logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

ސިހުރު ހެދިކަމުގެ ތުހުމަތުގައި ފުނަދޫން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ށ. ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރި މުހައްމަދު މަމްދޫހް މަރާލަން (މަންޑޭ) ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުން ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ މީހެެކެވެ. މެންބަރު މަމްދޫހަށް އަމާޒުކޮށް ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ އެ މީހާ، އެފަދަ ސާމާނުތަކާ އެކު ހައްޔަރު ކުރީ މި ދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ.

އެދުވަހު އޭނާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދިނެވެ. އޭގެ ފަހުން އިތުރު 10 ދުވަސް ޖެހުމަށްފަހު އޭގެ ފަހުންވެސް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 5 ދުވަސް ޖަހާދީފައެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *