logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ފަލަސްތީނުގެ ދިފާއުގައި މާދަމާ ހުޅުމާލޭގައި ވެހިކަލް ބުރެއް ބާއްވަނީ

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ދެކޮޅު ހެދުމުގެ ގޮތުންނާއި ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކުރުމުގެ ގޮތުން މާދަމާ ހުޅުމާލޭގައި ވެހިކަލް ބުރެއް ބާއްވަން ހަމަޖައްސައިފިއެވެ.

އިސްރާ ޖަމިއްޔާއިން ބުނީ މި އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓާމިނަލް ކައިރިން ކަމަށެވެ.

އަދި މި ރެލީގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްރާ ޖަމިއްޔާ އިން ވަނީ އެދިފައެވެ.

އިސްރާ ޖަމިއްޔާއިން މިދިޔަ ހުކުރު ދުވަހު ވެސް ވަނީ އާޓިފިޝާލް ބީޗުގައި އެއްވުމެއް ބާއްވައިފައެވެ. އެ އެއްވުމުގައި ވެސް ގިނަ ބަޔަކު ބައިވެރިވިއެވެ.

މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އޭގެ އިތުރުން، އެ އުދުވާނީ ހަމަލާތަކުގެ ސަބަބުން 80،000 އަށްވުރެ ގިނަ މީހުން ޒަހަމްވެ ބަލި ހާލަތުގައި އަދިވެސް އެބަތިއްބެވެ. އަދި 10،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *