logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މެއިމަހުވެސް ޒަކާތު ފަންޑުން އެންމެބޮޑު ހޭދައެއްކުރީ ކެންސަރު ބަލިމީހުންނަށް

ހުސްވި މެއިމަހުވެސް ޒަކާތު ފަންޑުން އެންމެބޮޑު ހޭދައެއްކޮށްފައިވަނީ ކެންސަރު ޖެހިފައިވާ މީހުންނަށް އެހީވުމަށްކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި އެންމެބޮޑު ހޭދައެއް ކެންސަރު ބަލިމީހުންނަށް ކޮށްފައިވާއިރު، ކެންސަރު ޖެހިފައިވާ މީހުންގެ ފަރުވާގެ އެކިއެކި ކަންކަމަށް ޖުމްލަ 373,175.00 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ޒަކާތު ހައުސްގެ މެއިމަހުގެ ތަފާސްހިސާބަށް ބަލާއިރު، އެމަހުގެ ތެރޭގައި ކެންސަރު ޖެހިފައިވާ މީހުންނަށް އެހީވުމަށް ޖުމްލަ 454،574.50 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކެންސަރުގެ އިތުރުން ޒަކާތު ފަންޑުން ދެން އެންމެބޮޑު ހޭދައެއްކޮށްފައިވަނީ ކިޑްނީގެ ބަލިތަކުގެ މީހުންނަށެވެ. ކިޑްނީގެ ބަލިތަކުގެ މީހުންނަށް 89،050.50 ރުފިޔާ ހޭދަކޮށްފައިވާއިރު، ހިތުގެ އޮޕަރޭޝަންތަކަށް ވަނީ 67،848.00 ރުފިޔާ ހޭދަކޮށްފައެވެ.

މެއިމަހު ޒަކާތު ފަންޑުން ކުރި ހޭދަ:

  • ސިކުނޑީގެ އޮޕަރޭޝަން: 72،088.50 ރުފިޔާ
  • އެހެނިހެން: 619،113.00

މިދިޔަމަހުގެ ތެރޭގައި ޒަކާތު ފަންޑުން ޖުމްލަ 180 މީހަކަށް އެހީދީފައިވާއިރު، އެކިފަރާތްތަކަށް އެހީގެ ގޮތުގައި ޖުމްލަ 1,632,265.00 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދިނުމަށް ކަޑައަޅާފައިވާ އަދަދަކީ 1،213،624.00 ރުފިޔާއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ