logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަޤާމަށް ނިހާން އައްޔަނުކޮށްފި

ރައްޔިތުން މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް، ވިލިމާލޭ ދާއިރާގެ މެމްބަރުކަން ކުރެއްވި އަޙްމަދު ނިހާން އައްޔަން ކުރައްވައިފިއެވެ.

މިނިވަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި މަޖިލީހުގެ ބިއުރޯގެ މަޤާމަށް ނިހާން އައްޔަނުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މައިގަނޑު މަސައްކަތް ބިނާވެގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅުތަކަށް އެހީތެރިކަން ދިނުމުގެ މައްޗަށެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު މަސައްކަތް ކުރެއްވި، ނިހާން މަޖިލީހުގެ ބިއުރޯގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުލް ރަހީމް ޢަބްދުﷲ އެވެ. ނިހާނަކީ ސިޔާސީ ދާއިރާގައި އަދުރޭ ވަރަށް އިތުބާރު ކުރައްވާ ބޭފުޅެއްކަމަށް އަދުރޭގެ ގާތް ބޭފުޅުން ވިދާޅުވެއެވެ.

ނިހާނާއި އަދުރޭ ވަނީ ސިޔާސީ ދާއިރާގައި ދެ ބޭފުޅުން އެއްކޮށް 15 އަހަރަށްވުރެ ގިނަ ދުވަހު ވަރަށް އެކުގައި މަސައްކަތްކުރައްވާފައެވެ. ޕީޕީއެމްގައި ދެ ބޭފުޅުން މަސައްކަތް ކުރެއްވިއިރު އަދުރޭ އަކީ އެޕާޓީގެ ނައިބުރައީސް އެވެ. އަދި ނިހާނަކީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރެވެ. ސިޔާސީ މައިދާނުގައި 2019 ވަނަ އަހަރު ޕީޕީއެމަށް އިންތިހާބުތަކުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު ނިހާން ވަނީ ޕީޕީއެމްގެ ލީޑަރޝިޕް އިސްތިއުފާއަށް ގޮވުމަށްފަހު ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގެންފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *