ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަވަހާރަވެއްޖެއެވެ.
ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮންއަލިބެ) އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 78 އަހަރެވެ.
އެނގިފައިވާ ގޮތުގައި ދޮން އަލިބެގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގައެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ މަރުކަޒު ގައެވެ.
ވީހާވެސް ގިނަ ބޭފުޅުން ކަށުނަމާދުގައި ބައިވެރިވެދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ޝުކުރިއްޔާ!
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. pic.twitter.com/BedP4dnZ1f— Dr Mohamed Muizzu (@MMuizzu) June 9, 2024
އެގޮތުން، ރައީސް ޑރ. މުއިއްޒު ވަނީ މި ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
އެމަނިކުފާނު މިވަގުތު ހުންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ނިއުދިއްލީގައެވެ.
މެޑަމް ސާޖިދާގެ ދޮން ބައްޕަ ނިޔާވުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ.