logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ސިވިލްސާވިސް މުވައްޒަފުން ނެގުމުގެބާރު އިދާރާތަކުގެ ވެރިންނަށް

ސިވިލް ސާވިސް މަޤާމުތަކަށް މުވައްޒަފުން ނެގުމުގެ ބާރު އިދާރާތަކުގެ ވެރިންނަށް ލިބޭގޮތަށް ބަދަލުގެނެސްފިއެވެ.

ސިވިލް ސާވިސް ފޯރަމް 2024 ފެށުމުގެ ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތް ލާމަރުކަޒް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިނިސްޓަރީ ތަކާއި ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ބާރު އެތަނެއްގެ ވެރިންނަށް ލިބޭގޮތަށް ސިވިލް ސާވިސް މުވައްޒަފުންގެ މައުލޫމާތު ބަލަހައްޓާ ސޮފްޓްވެއާރ އާއި ސިވިލްސާވިސް ވިއުގަ އަށް މިހާރު ބަދަލުގެނެސްފައިވާނެކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ބަދަލަކީ ސިވިލްސާވިސްއަށް މުވައްޒަފުން ނެގުމުގެ މަސައްކަތް އަވަސްކުރުމަށް ގެނެވިފައިވާ ބަދަލެއްކަމަށެވެ. އެހެންކަމުން މިހާރު ގެނެވިފައިވާ ބަދަލާއެކު މިނިސްޓަރީ ތަކުގެ ޕާމަނަންޓް ސެކެރެޓަރީންނާއި، އެސްޖީ ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ ފަރާތަކަށް އެ އިދާރާއަކަށް މުވައްޒަފުން ނެގުމުގެ ބާރު ލިބިދީފައިވާނެކަމަށެވެ.

އެ ރަސްމިއްޔާތުގައި އިތުރަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުރިއަށްއޮތް ތާގައި އެ ކޮމިޝަނުގެ އަމާޒަކީ އެ ކޮމިޝަނުގެ ހުރިހާ މަސައްކަތްތަކެއް ލާމަރުކަޒް ވެގެން ދިއުންކަމަށާއި، މިހާރުވެސް މުވައްޒަފުން ނެގުމަށް ގެނެސްފައިވާ ބަދަލާއެއްގޮތަށް ބައެއް އިދާރާތަކުން މުވައްޒަފުން ނެގުމުގެ މަސައްކަތްކުރަމުންގެންދާކަމަށެވެ. އެހެންކަމުން މިހާރު ގެނެވުނު ބަދަލާއެކު ދެން އެ ކޮމިޝަނުގެ މަސައްކަތަކަށްވާނީ ވަޒީފާތައް އޮޑިޓްކޮށް އިދާރާތަކުން މުވައްޒަފުން ނަގަމުންގެންދާ ގޮތް މޮނިޓަރކުރުން ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *