logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

މީކާއިލްގެ ބިލް މަޖިލިސްއަށް ބަލައިގަނެ ދިރާސާކުރުމަަށް 241 ކޮމިޓީއަށް

އިޒުރޭލު މީހުންގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލު، ޕީއެންސީގެ ވޯޓާއެކު މަޖިލީހުން ބަލައިގަނެ، ކޮމެޓީއަށް ފޮނުވައިފިއެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާކުރުމަށް ފޮނުވާފައި ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އަށެވެ.

މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލެކެވެ.

އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަށް މީކާއިލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނަށެވެ. އެ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އިޒުރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާވާނެ ކަމަށެވެ. އެ މީހުންގެ ތެރޭގައި އެހެން ގައުމުތަކުގެ ޕާސްޕޯޓް ގެންގުޅޭ އިޒުރޭލު މީހުން ވެސް ހިމެނޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ސަރުކާރުން ވެސް ވަނީ އިޒުރޭލު ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ފަށާފައެވެ. އެ މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް ނަގައި، ވަނީ އެ މަސައްކަތް ފަށާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *