logo minivan

English

އަންގާރަ, 16 ޖުލައި 2024

ސިޔާސީ އަދި ޑިޕްލޮމެޓިކް ބޮޑީ ލޭންގުއޭޖުން މި ފޮޓޯގަނޑު

ބުނެފާނެއެވެ. މިފޮޓޯގަނޑު މިހާ މުހިއްމު ވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ފޮޓޯގަނޑު އޭގެ ޒާތުގައި ވެސް ވަރަށް ތާރީޚީ ފޮޓޯގަނޑަކަށް ވެއްޖެއެވެ. އެއީ އިންޑިޔާއާ ރާއްޖެއާ ދެމެދު އޮންނަ އަވަށްޓެރި އަދި ސަރަހައްދީ ބައިވެރިންގެ ގޮތުގައި އޮންނަ ގާތް ގުޅުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ މިދަނޑިވަޅުގައި، އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގެންނެވުމުން އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެންމެ ފުރަތަމަ ދައުވަތު ދެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ދައުވަތު ގަބޫލުފުޅު ކުރައްވައި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް އިންޑިއާއަށް ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.

ފޮޓޯގެ ވާހަކައެވެ. ދެ ބޭފުޅުން ހަތަރުކަޅި ހަމަކުރައްވައިގެން ތިއްބެވި ގޮތުން ސާބިތުކަން ދައްކުވައިދެއެވެ. ރަނގަޅަށް ބަލާލުމުން އެނގޭނެއެވެ. ޑރ. މުޢިއްޒު އިށީނދެވަޑައިގެން އެއިންނެވީ ޑރ. މޯދީއާ ދިމާއަށް ކުޑަކޮށް އަރިވާ ގޮތަށެވެ. ތުރުކުރައްވައިގެން އިންނެވި ސޫޓުގެ ގޮށް ނައްޓާލާ އެވަނީ މިނިވަންކޮށް ދޫކޮށްލައްވާފައެވެ. މިއިން ދޭހަކޮށްދެނީ އެމަނިކުފާނު އިންޑިއާއަށް ބަރޯސާވާ ކަމާއި އިންޑިއާއާމެދު އޮތީ (މިހާރު) ހުޅުވާލެވިފައިވާ ސިޔާސަތެއް ކަމެވެ. ދެއަތްޕުޅުގެ ޕޯސްޗާއިން އެދެއްވަނީ އިހްތިރާމުގެ މެސެޖެކެވެ. އެއީ ޑިޕްލޮމެޓިކް އަހުލާގުގައިވެސް އެކަން މާނަކުރާނެ ގޮތެވެ.

ފޮޓޯގައި މޯދީ ވަރަށް މުހިއްމު މޫވެއް ނަންގަވާފައި އެބަވެއެވެ. ފޮޓޯއަށް ރަނގަޅަށް ބަލާލަ ބަލާށެވެ. ދެބޭފުޅުން އިށީނދެވަޑައިގެން އެތިއްބެވީ ތިން ބޭފުޅުންނަށް އިށީނދެވަޑައިގެން ތިއްބެވޭނެ ގޮނޑިކޮޅެއްގައެވެ. ގޮނޑީގެ ވާތްފަރާތު (މޯދީގެ ކާނާތްފަރާތް) ކޮޅުގައި އިށީނދެ ވަޑައިގެންނެވުގެ ބަދަލުގައި މޯދީ ޖެހިލެއްވީ މުއިއްޒުއާ އަރިހަށެވެ. އެދެ ބޭފުޅުން މެދުގައި އެހެން ބޭފުޅަށް އިށީނދެވަޑައިގަތުމަށް ހުސްޖާގައެއް ނެތް މިންވަރަށް ޑރ. މުއިއްޒުގެ އަރިހަށް މޯދީ ޖެހިވަޑައިގެން އިށީނދެވަޑައިގެން އިންނެވީ ހަށިގަނޑު ސީދާ ތަދަށް ބަހައްޓަވައިގެންނެވެ. ޑރ. މުއިއްޒުއަށް ބެއްލެވުމަށް އަނބުރާލެއްވީ ހަމައެކަނި މޫނުފުޅެވެ. ދެ އަތްޕުޅު އޮތީ މިނިވަންކޮށް ދީކޮށްލައްވާފައެއް ނޫނެވެ. ވާއަތްޕުޅުގައި ކަނާތްޕުޅުން ހިފަހައްޓަވާލައްވައިގެން އިންނެވިކަން ފާހަގަ ކުރެއްވޭނެއެވެ.

ތަޖުރިބވާކާރުންގެ ތަރުޖަމާއަށް ބަލާއިރު މޯދީ އެދެއްވަނީ ތަފާތު ތިން މެސެޖެކެވެ. ހަށިގަނޑު ތެދަށް ބެހެއްޓެވުމާއި ދެއަތްޕުގެ ބެހެއްޓެވި ގޮތުން އެނގެނީ އިންޑިއާ ފުދިފައިވާކަމެވެ. ގައުމެއްގެ ގޮތުގައި ސަހުސިއްޔަތުގެ ވަރުގަދަކަމެވެ. އަދި ކޮންމެ ކަމަކަަށް އާނބަސް ވިދާޅުވާން ތައްޔާރު ނޫންކަމެވެ. އެހެންނަމަވެސް ގޮނޑިކޮޅުގައި އިށީނދެވަޑައިގެން އިންނެވި ތަނުން އެބުނެދެނީ އިންޑިއާ އާއި ރާއްޖެއާ ދެމެދަށް ތިންވަނަ ފަރާތެއް ވަންނަން ޖާގަ ދެއްވަން ބޭނުންފުޅު ނުވާކަމެވެ. އަދި ރާއްޖެ އަބަދުވެސް އިސްކުރަންވާނީ އިންޑިއާ ފަސްޓް ސިޔާސަތުކަމެވެ. ހަމަ އެގޮތަށް އިންޑިއާއިން ވެސް ރާއްޖެއަށް ހައްގު މަގާމު ދެއްވާނެ ކަމެވެ.

ޑރ. މުއިއްޒުގެ އިންޑިއާ ދަތުރުފުޅު ދެގައުމުންވެސް މާނަކުރަނީ މުހިއްމު އަދި ކާމިޔާބު ފިޔަވަޅެއްގެ ގޮތުގައެވެ. މި ފޮޓޯގަނޑުންވެސް އެކަން ރަމްޒުކޮށްދެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *