logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ދިވެހި އާއިލާއަކުން ފަލަސްތީނަށް އެހީވާން ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި

"ފަލަސްތީނާއެކު ދިވެހީން" ގެ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން މިއަދު ފެށި ޓެލެތޯންގައި ދިވެހި އާއިލާއަކުން 50،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ފޮޓޯއަކާ އެކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި އާއިލާއަކުން 50،000 ރުފިޔާ ޓެލެތޯނަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

"މި ލޯބިލޯބި ކުއްޖާ މި ހަދިޔާކުރީ އެ އާއިލާގެ ފަރާތުން 50،000ރ. މިފަދަ ނަމޫނާ މަންޒަރު ޓެލެތޯން އިން ދަނީ އަބަދުވެސް ފެންނަމުން،" ޒީނާ ވިދާޅުވިއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް މިއަދު ފެށި ޓެލެތޯންގައި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ވެސް ވަނީ ފައިސާގެ އެހީ ހަދިޔާކޮށްފައެވެ. އެގޮތުން، ސަރުކާރުގެ ފެން ކުންފުނި ކަމަށްވާ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިވްއުއެސްސީ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީން ފަންޑަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާއިރ،ު ސްޓެލްކޯގެ ފަރާތުން ވަނީ ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.

އޭގެ އިތުރުން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޕާލިމްންޓްރީ ގުރޫޕުން ޓެލަތޯން މެދުވެރިކޮށް ދެ ލައްކަ ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފައިވާއިރު، އެޗްޑީސީން ވަނީ އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.

ސަރުކާރުގެ ކުންފުނިތަކަކީ މިކަހަލަ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ކުންފުނިތަކެވެ.

މިއަދު ހެނދުނު 8:00 ން މިރޭ ދަންވަރު 12:00 އާ ހަމައަށް ކުރިއަށްގެންދަން ނިންމާފައިވާ މި ޓެލެތޯނަކީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. ޕީއެސްއެމްއިން މި ޓެލެތޯން ކުރިއަށްގެންދަނީ ރައީސްގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

އެގޮތުން، މި ޓެލެތޯނުން ލިބޭ ފައިސާ ފަލަސްތީނަށް ފޯރުކޮށް ދޭން ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އދ. ގެ ފަލަސްތީންގެ ރެފިއުޖީންނަށް އެހީވާ ޖަމިއްޔާ "އަންރުވާ" އާ ވެސް ގުޅިގެންނެވެ.

"ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯނަށް ފައިސާ ހަދިޔާކުރަން މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ޖުމްލަ 13 ފަންޑްފޮށި ބަހައްޓާފައިވާއިރު، މި ޓެލެތޯނަށް ހާއްސަ ދެ އެކައުންޓް އެކައުންޓް ނަމްބަރަށް ފައިސާ ވެސް ޓްރާންސްފާ ކުރެވޭނެއެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *