logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

މަސްވެރިން އަޑުއުފުލުމަށް އެންމެފަހުން ރަސްމީ ފާލަމާ ދިމާލުގައި

މަސްކިރުވުމަށްފަހު ސަރުކާރުން ފައިސާ ދިނުން ލަސްވާ މައްސަލާގައި އެންމެފަހުން މަސްވެރިން ރަސްމީ ފާލަމާދިމާލުގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.

ކަންނެލި މަސްވެރިކަންކުރާ ގިނަ އަދަދެއްގެ ދޯނިތައް މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ އެއްނަމްބަރު ފާލަމާ ދިމާލަށް އެއްވެ އިހުތިޖާޖު ފަށާފައެވެ. ދޯނިތައް ފަޅަށް ވަދެދާނެތީ، އެމްއެންޑީއެެފާއި ޕޮލިހުން ވަނީ އުޅަނދުތަކުގައި އެދިމާލަށް ނިކުމެ، ދޯނިތަކަށް ހުރަސްއަޅާފައެވެ.

މަސްވެރިން ދޯނިތަކުގައި އަޑުއުފުލަމުން ދަނީ ކިރުވާ މަހަށް ހަމަޖެހިފައިވާ އުސޫލުން އަވަހަށް ފައިސާ ދިނުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަސް ކިރުވާފައި މަސްވެރިންނަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދިވެސް އޮތީ ނުދެއެވެ.

ބޮޑު ކަންނެލީގެ މަސްވެރިން މިއަދު ވަނީ މާލެ ކައިރީ ބޮޑު އިހްތިތާޖެއް ފަށާފައެވެ. މިއީ ފައިސާ ލިބުން ދަތިވުމާއި ލޭނު އެޅުން ހުއްދަ ކުރާ ދެކޮޅަށް ކުރިއަށް ގެންދާ އިހްތިތާޖެއް ކަމަށް މުޒާހިރާގައި އިސްކޮށް ހަރަކާތްތެރިވާ ބޮޑުކަންލެނި ޔޫނިއަނުން ބުނެފައިވެއެވެ.

މަސްވެރިން ބޭނި މަހަށް ސަރުކާރުން ފައިސާ ނުދޭތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ