logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ޤައުމީ ދިފާއީ ބާރުގެ ފަރާތުން ފަލަސްތީނު ފަންޑަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ

ދިވެހި ޤައުމީ ދިފާއީ ބާރުގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށްގެންދާ ޓެލެތޯން މެދުވެރިކޮށެވެ.

އެމްއެންޑީއެފުން ވަނީ ފަލަސްތީނަށް 2.1 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.

ދިވެހި ސިފައިންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ދެއްވި މި އެހީއާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު  މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މިއީ ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް އިޖާބަދިނުމުގެ ގޮތުން ސިފައިންގެ ފަރާތުން ވެ ދެއްވި އެހީއެއް ކަމަށެވެ.

ސިފައިންގެ ފަރާތުން ހަދިޔާކުރި މި ފައިސާގެ އެހީ އެ ފަންޑަށް ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫންއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡް މި ފައިސާ ހަދިޔާކުރުމުގެ އިވެންޓްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *