logo minivan

English

އަންގާރަ, 16 ޖުލައި 2024

ސޮނާކްޝީ ކައިވެނިކުރަނީ ބައްޕަ ޝަތުރުގަން ސިންހާގެ ނުޤަބޫލުގައި

މިމަހުގެ 23 ވަނަ ދުވަހު މުމްބާއީގައި ސޮނާކްޝީ އާއި ޒަހީރް އިޤްބާލް ގެ ކައިވެނި ހަފްލާ އޮންނާނެކަން އެ ދެތަރިންގެ ފަރާތުންވެސް ކަށަވަރުކޮށްދީފައިވާއިރު އެ ދެ ތަރިންގެ ކައިވެންޏަށް ސޮނާކްޝީ ގެ ބައްފަ ކުރީގެ މަޝްހޫރު އެކްޓަރ ޝަތުރުގަން ސިންހާގެ ރުހުން ލިބިފައިނުވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

މީޑިއާތަކުން ސޮނާކްޝީގެ ކައިވެންޏާ ބެހޭގޮތުން ޝަތުރުގަން ސިންހާ އާއި ސުވާލުކުރުމް ޖަވާބުގައި ބުނެފައިވަނީ އޭނާގެ އަންހެން ދަރިފުޅު ސޮނާކްޝީ ސިންހާ އާއި ޒާހިރު އިގްބާލް ކައިވެނި ކުރަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމށާއި ނަމަވެސް މީޑިއާތަކުން އެކަހަލަވާހަކަތައް ފެނިފައިވާކަމަށެވެ. އަދި ސޮނާކްޝީގެ ކޮއްކޮ  ލުވް ސިންހާ ވެސް ބުނެފައިވަނީ ދައްތަ ސޮނާކްޝީގެ ކައިވެނީގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށާއި އެކަމުގައި އޭނަގެ އެއްވެސް ބައިވެރިވުމެއްވެސް ނުވާކަމަށެވެ. އަދި އޭނާ މިވަގުތު ހުރީވެސް އިންޑިއާގައި ނޫންކަމަށެވެ.

އެ ދެ ތަރިންގެ ކައިވެންޏަށް ސޮނާކްޝީގެ ބައްފަ ޝަތުރުގަން ސިންހާ އާއި އާއިލާއިން ރުހިފައި ނުވަނީ ޒަހީރް އިޤްބާލް އަކީ މުސްލިމް އާއިލާއަކަށް އުފަން މުސްލިމަކަށްވާތީ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ޝަތުރުގަން ސިންހާ އަކީ މުސްލިމުންނާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅޭ އިންޑިއާގެ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ސިޔާސީ ދާއިރާގައި މިހާރު ޙަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން މި މަހު ނަތީޖާ އިއުލާނުކުރެވުނު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އިންތިހާބުގައި ވެސްޓް ބެންގާލް ގެ ގޮނޑި މި ފަހަރުވެސް ކާމިޔާބުކޮށްފައިވަނީ ޝަތުރުގަން ސިންހާއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *