logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ޝިއުރީ

މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އިބްރާހިމް ޝިއުރީ އައްޔަނުކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ އެމްޑީގެ މަޤާމަށް ޝިއުރީ އައްޔަނުކޮށްފައިވާއިރު، ކުރިން އެމަޤާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ކުޑީ މަޤާމުން ވަކިކޮށްފައިވަނީ މެއިމަހުގެ 22 ވަނަ ދުވަހެވެ.

އެމްއެމްޕީއާރުސީގެ އެމްޑީގެ މަޤާމަށް މިއަދު އައްޔަނުކުރި ޝިއުރީ އަކީ ކުރީގެ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާއެވެ. ޤައުމީ އިނާމުވެސް ހާސިލްކޮށްފައިވާ ޝިއުރީ ވަނީ މީގެކުރިން ޑޮމަސްޓިކް އެއާޕޯޓްތައް ތަރައްޤީކުރުމުގެ ބައެއް ޕްރޮޖެކްޓުގައި އިސްކޮށް މަސައްކަތްކުރައްވާފައެވެ. ޝީއުރީ އަކީ މިހާރުވެސް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއޭއެންސީއައި) ގެ އެގްޒެކެޓިވް ބޯޑު މެމްބަރެކެވެ. މީގެ އިތުރުން އޭނާއަކީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްވެސް މެއެވެ.

އެމްއެމްޕީއާރުސީއަށް އައު އެމްޑީއަކު އައްޔަނުކޮށްފައިވާއިރު،  އެމްއެމްޕީއާރްސީގެ ޗެއާޕާސަން އާއިޝާ ނޫރުއައިން ޖަނާހު ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *