logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
އީދު ކުޅިވަރުތަކުގެ ތެރެއިން.. ފޮޓޯ ނަޒީހް

މިފަހަރުގެ ޢީދު، ފެން އީދަކަށް ވާނޭކަމަށް ލަފައެއް ނުކުރެވޭ: މެޓް އޮފީސް

މިފަހަރުގެ ޢީދު، ފެން ޢީދަކަށް ވާނޭކަމަށް ލަފާ ނުކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ކުރިއަށްއޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ލަފާކުރާނޭ ގޮތާ ބެހޭގޮތުން މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނެފައިވަނީ، ޢީދު ދުވަހާއެކު، ކުރިއަށްއޮތް ފަސްދުވަހުގެ މޫސުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރޫގެ އަސަރު ކުރިނަމަވެސް،  ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ރަނގަޅުވާނޭ ކަމަށެވެ.

ވައިޖެހޭނޭކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި، ހުޅަނގުން ގަޑިއަކު 8-18 މޭލު ބާރުމިނުގައެވެ. އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް ރާޅުގެ އުސްމިން ހުންނާނޭކަމަށް ލަފާކުރެވެނީ 5-3 ފޫޓާ  ދެމެދުގައެވެ.

މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފަސްވަނަ ނަކަތް ކަމަށްވާ މިއަހެލި ނަކަތެވެ. މި މޫސުމުގައި ވައި ޖެހޭލެއް ބާރުވާއިރު، ޢާންމުގޮތެއްގައި ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. ދަތުރުފަތުރުކުރަން ދަތިވާ ވަރަށް ކަނޑުތައްވެސް ގަދަވާނެއެވެ. އެހެންވުމުގެ ސަބަބުން މި ނަކަތުގައި މަސްވެރިކަން ދަށްވާނޭކަމަށް މޫސުމާ ބެހޭ މާހިރުން ފާހަގަކުރެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ