logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ފޮޓޯ: އިބްރާހިލް ރިލްވާން

ލޯންޗެއް ކޮންޓްރޯލްނުވެ، ކިނބިދޫ ނެރު ކައިރިއޮތް ފަސްގަނޑަށް އަރައި ބަޔަކަށް އަނިޔާވެއްޖެ

ވަރަށް ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ލޯންޗެއް ކޮންޓްރޯލް ނުވެ، ތ.ކިނބިދޫ ނެރުކައިރި އޮންނަ ފަސްގަނޑަށް އަރައިފިއެވެ.

މިނިވަންއަށް މައުލޫމާތުދެމުން ކިނބިދޫއިން ވާހަކަދެއްކި މީހަކު ބުނީ، މި ހާދިސާ ހިނގާފައިވަނީ، ގާތްގަނޑަކަށ17:00 ހާއިރުކަމަށެވެ. މި ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ ތިން މީހުން ކަމަށާއި، ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް އޭނާ ބުންޏެވެ.

"ލޯންޗު ދުއްވާފައި އައީ ވަރަށް ބާރަށްކަމަށް ޔަގީން. އެހެންވީމަ އެހާވަރުވާނީ. ލޯންޗު އޮތީ ފަސްގަނޑުގައި ހެދިފައިވާ ގަސްތަކުތެރޭގައި" އޭނާ ބުންޏެވެ.

ކިނބިދޫ މަތިން.. ރަތްކުލައިގައި ބޮޅުއަޅާފައި އެވަނީ ލޯންޗު ގޮސް އެރި ފަސްގަނޑު….

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ "ވެލިމާ" ނަމަކަށް ކިޔާ ލޯންޗެއް ހަވީރު 17:00 ހާއިރު ކިނބިދޫ ނެރުކައިރި އޮންނަ ފަސްގަނޑަށް އެރިކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. މި ހަދިސާ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *