logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

މަރާމާރީއަކާ ގުޅިގެން ދެ މީހުން ހައްޔަރުކޮށް، އަނިޔާވި އެކަކަށް ސެނަހިޔާއިން ފަރުވާދެނީ

ދަރުބާރުގެ ކައިރީ ރޭ ހިނގި މާރާމާރީއެއް ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ރޭ 22:30 ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި މާރާމާރީގައި އެކަކަށް އަނިޔާވެ، ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި، އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ވިދާޅުވިނަމަވެސް އެމީހުންނާގުޅޭ އިތުރު ތަފްޞީލެއް މިހާތަނަށް ހިއްސާކުރައްވާފައެއްނުވެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *