logo minivan

English

އާދިއްތަ, 15 ސެޕްޓެމްބަރ 2024

މިއަހަރުގެ ސްޕޯޓްސް އެވޯޑްސް އަންނަ މަހަށް ފަސްކޮށްފި

މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަންނަ ޖުލައި މަހަށް ފަސްކޮށްފި އެވެ.

މިހިނގާ ޖޫން 27 ގައި ބާއްވަން ހަމަޖައްސާފައި އޮތް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް މިހާރު ބާއްވަން ހަމަޖެހިފައިވަނީ ޖުލައި ހަތަރެއްގަ އެވެ.

އެވޯޑު ހަފްލާ ލަސްކުރަން ނިންމި މައިގަނޑު ސަބަބަކީ ބޮޑު އީދާ ދިމާކޮށް ސަރުކާރު ބަންދުވުމާއިއެކު ހަފްލާ އެންމެ ފުރިހަމައަށް ބާއްވަން ބޭނުންވާތީކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެ އެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއްވެސް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *