logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މާލެއިން ބޮޑު ހަރުފައެއް ފެނިއްޖެ

މާލެއިން ބޮޑު ހަރުފައެއް ފެނިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ހަރުފަ ފެނިފައިވަނީ މާފަންނު ތިލާކޮޅުގޯޅިންނެވެ. މި ހަރުފަ ހިފާފައިވަނީ ސިފައިނުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި އެ ހަރުފަ ހިފުމުގައި ސިފައިން ރޭގައި ވަނީ ހަރަކާތްތެރިވެފައެވެ. މިހާރު އެ ހަރުފަ ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމުގައި ސިފައިންގެ ބަހެއް އަދި ލިބިފައިނުވާތީ ހަރުފައިގެ ބޮޑުމިން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ވީޑިއޯއިން ފެންނަގޮތުގައި އެ ހަރުފައިގެ ދިގުމިނުގައި ގާތްގަނޑަކަށް 4-5 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބެލެވެއެވެ.

ހަރުފައަކީ ރާއްޖޭގައި އުޅޭ އެއްޗަކަށް ނުވާއިރު އެއީ ރާއްޖެ އެތެރެކުރުން މަނާއެއްޗެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ