logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސައިކަލުތަކުގައި ގަސްތުގައި ބަޔަކު ރޯކޮށްލި ކަމަށް މިހާތަނަށް ނުބެލެވޭ: ފުލުހުން

މާލޭގައި އަނެއްކާވެސް ހުޅުޖަހައި ފަސް ސައިކަލެއްގައި ރޯވެފައިވަނީ، ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް މިހާތަނަށް ފާހަގަވެފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގައިފައިމިވަނީ ހޮޓެލް ޖެން ކައިރީގައި ޕާކްކޮށްފައިވާ ވެހިކަލްތަކެއްގައި ހުޅުޖަހައި ގިނަ އަދަދެއްގެ ސައިކަލް އަންދާލި މައްސަލައިގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށް ތަހުގީގު ހިންހަމުން ދަނިކޮށެވެ.

ރޭ ހެންވޭރު މެހެލި ގޯޅީގައި ހުރި ސައިކަލްތަކެއްގައި ރޯވީ ދަންވަރު 00:37 ހާއިރެވެ.

މިއީ ގަސްދުގައި ބަޔަކު ހިންގި އަމަލެއް ކަމަށް އަޑުފަތުރަމުންދާތީ، ފުލުހުން ބުނީ އެއީ ގަސްދުގައި ކުރިކަމެއް ކަމަކަށް މިހާތަނަށް ބެލި ބެލުމުގައި ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ސައިކަލްތަކުގައި ރޯވި ސަބަބު މިހާތަނަށް އަދި ދެނެގަނެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން މަޖިލިސް ކައިރީގައި ހުރި ޕާކިން ޒޯނުގައި ހުރި ސައިކަލްތަކެއްގައި ވަނީ ގަސްތުގައި ރޯކޮށްލާފައެވެ. މި މައްސަލައިގައި އުމުރުން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ވަނީ ޖަހާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ