logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

އެސްޓީއޯއަށް އެންމެބޮޑަށް ދަރާ އޮތީ ކޮންބައެއް؟

ސަރުކާރާއި ރައްޔިތުން ހިއްސާވާ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރު އެސްޓީއޯ ގްރޫޕުން ކުރި 13 ބިލިއަން ރުފިޔާގެ ވިޔަފާރިން އާމްދަނީގެ ގޮތުގައި 17 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. ހަރަދުތަކާއި ޓެކްސްތަކަށް ކެނޑުމަށްފަހު މިދިޔަ އަހަރު އެސްޓީއޯއަށް ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 1.1 ބިލިއަން ރުފިޔާއެވެ.

އެސްޓީއޯގެ މާލީބަޔާނަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު، އެކުންފުނިން ކުރި ވިޔަފާރިން 3.5 ބިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. އެސްޓީއޯގެ ބެލެންޝީޓަށް ބަލާއިރު، އެކުންފުންޏަށް އެންމެބޮޑު އަދަދެއް ދައްކަން އޮތީ މައި ހިއްސާދާރުކަމަށްވާ ސަރުކާރުގެއެވެ. ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން އެސްޓީއޯއަށް 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެ.

އެސްޓީއޯއަށް އެންމެބޮޑަށް ދަރާއޮތީ، ފެނަކަ އެވެ. މިދިޔަ އަހަރު ނިމުނުއިރު، އެސްޓީއޯގައިވާ ފެނަކައިގެ ދަރަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ އެބައޮތެވެ. މިދިޔަ އަހަރުގެ ކުރީއަހަރު ނިމުނުއިރު، ފެނަކައިގެ ދަރަންޏަކީ 1.7 ބިލިއަން ރުފިޔާއެވެ.

އެސްޓީއޯއަށް ފައިސާ ނުދީހުރި ފަރާތްތައް:

  • ފެނަކަ" 1.9 ބިލިއަން ރުފިޔާ
  • ފިނޭންސް މިނިސްޓްރީ: 550 މިލިއަން ރުފިޔާ
  • އާސަންދަ ކުންފުނި: 248 މިލިއަން ރުފިޔާ
  • ހެލްތް މިނިސްޓްރީ: 227.9 މިލިއަން ރުފިޔާ
  • ސްޓެލްކޯ: 150 މިލިއަން ރުފިޔާ
  • އައިޖީއެމްއެޗް: 130 މިލިއަން ރުފިޔާ

އެސްޓީއޯގެ ބެލެންޝީޓަށް ބަލާއިރު، މި ހުރިހާ ފަރާތްތަކެއްގެ ދަރަނިތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެސްޓީއޯއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް ނަގާފައި މާލީގޮތުން އެންމެ ރަނގަޅު އެއް ކުންފުންޏެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *