logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހައްޖު އޮޕަރޭޝަން ކާމިޔާބު، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކުރެވުނު: ޝަހީމް

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ނިމުނީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށާއި ނަމަވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާއާ ހިއްސާކުރެއްވި މެސެޖެއްގައި، މިއީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ހައްޖަށް މީހުން ގެންދިޔަ ދެވަނަ ފަހަރުކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ އެހާ ބޮޑު ކަމެއްގައި ކިތަންމެ ބޮޑަށް ކަންކަން ފުރިހަމަ ކުރަން އުޅުނަސް އަމިއްލަ ކޮންޓްރޯލުން ބޭރުން އުނިކަން ހުންނާނެ ކަމަށެވެ.

"އިންސާނުންނަކީ އުނިބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ސިއްހަތާއި ރައްކާތެރިކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ފާހަގަކުރެއްވި ކާމިޔާބީތައް:

  • ފެންވަރު ރަނގަޅު ދިވެހި ރަހަތަކާ އެކު ކެއުން ފޯރުކޮށްދިން.

  • ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދިން. ޑައިލިސް ހަދާ މީހުންނާއި ކެންސަރު ފަރުވާ އާއި ހިތުގެ ބަލި ހުންނަ ބައެއް މީހުން ތިބި. އެ އެންމެންނަށް އޯގާތެރިކަން ފޯރުކޮށްދިން.

  • އެޑްމިޓްކުރި މީހުންނަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދިން.

  • މަގު އޮޅުނު ސަތޭކައެއްހާ މީހުން ޑިވައިސްގެ އެހީގައި ހޯދި.

  • އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދިޔަ.

  • ވީލްޗެއާގައި ގިނަ ބަޔަކު އުޅުނު އިރު އެ އެންމެންނަށް އެހީތެރިކަން ދިން.

  • އަރަފާތުގެ ފޭލިގޭގެ އިންތިޒާމުތައް ފުރިހަމަ.

ނަމަވެސް، މިނިސްޓަރު ޝަހީމް ވިދާޅުވީ މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި ކަމަށާއި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށްއޮތް ތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެ މެސެޖުގައި މިނިސްޓަރު ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި އެ ކުންފުނީގެ މުވައްޒަފުންނާއި އެހީތެރިން އަދި ހައްޖު މިޝަނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދިވެހި ހައްޖުވެރިންނަށް އެހީވި މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

"އަދި ހާއްސަކޮށް ބޮޑު ކައްކާ ވަހީދުބެ އަށް ޝުކުރު ދަންނަވަން. ޑރ އާދަމް ޝަމީމާއި އިލްމުވެރި އެންމެހައި މުރުޝިދުންނަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *