logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އެއް މިލިއަން ފަތުރުވެރިން ހަމަކުރަން ދެން ބޭނުމީ 67،602 ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 932,398 ފަތުރުވެރިން ޒިޔާރަތްކޮށ،ް އަންނަ މަހުގެ ކުރީކޮޅު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އުއްމީދު އާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހިނގާ ޖޫންމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 932,398 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 9.6 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 850,794 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެއް މިލިއަން ފަތުރުވެރިން ހަމަކުރަން ދެން ބޭނުންވަނީ 67،602 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު ކޮންމެދުވަހަކު ޒިޔާރަތްކުރަމުން އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދާޅުވެފައިވަނީ، ފަތުރުވެރިން އަންނަމުންދާ ނިސްބަތަށް ބަލާއިރު، އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިމަހުގެ ފަހުކޮޅު ރާއްޖެއަށް ޒިޔާރަތްކުރާނޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދދަު 2 މިލިއަން ފަހަނަ އަޅައި ދިއުމެވެ. ހިނގަމުން މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ދަށް ދުވަސްވަރު ނަމަވެސް މިހާރުވެސް ޖުމްލަ ގޮތެއްގައި ކޮންމެ ދުވަހަކު 3،500 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކަކީ، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، އަދި ޖަރުމަނުވިލާތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *