logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ލަދުވެތިކަމާއި އިއްފަތްތެރިކަމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި ހުރުން ލާޒިމް ސިފައެއް: ހުތުބާ

ލަދުވެތިކަމާއި އިއްފަތްތެރިކަމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ކޮންމެހެން ހުރުން ލާޒިމް ސިފައެއް ކަމަށާއި މުޖުތަމައެއްގެ އަހްލާގީ މިންތަކާއި އިޖްތިމާއީ ފޭރާން ބިނާވެފައިވާ މައިގަނޑު އެއް ސިފައަކީ ވެސް ލަދުވެތިކަމުގެ ސިފަ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ "ލަދުވެތިކަމާއި އިއްފަތްތެރިކަން" މި މައުޟޫގެ މައްޗަށެވެ.

ހުތިބާގައި ބުނީ ލަދުވެތިކަމަކީ އެންމެހައި ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ، އަދި ހައްގުގެ ވެރިޔާއަށް އޭނާގެ ހައްގު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫހު އުފައްދައިދޭ ކަމެއް ކަމަށެވެ.

މާތް ނަބިއްތާ ހަދީޘްކުރައްވާފައިވެއެވެ. "ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބަިއގައި ހުރެއްޖެނަމަ، އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެއެވެ."

ހުތުބާގައި ބުނީ ލަދުވެތިކަން އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، އިއްފަތްތެރިކަން އިސްކުރާނެ ކަމަށާއި އޭނާގެ ވެރި ރަސްކަނލާގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރިކުރާނެ ކަމަށެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. "އަދި އެމީހާގެ ވެރި ރަސްކަނލާގެ ހަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފި މީހާ ދަންނާނެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ."

ހުތުބާގައި ބުނެފައިވަނީ ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުން ކަމަށެވެ.

"ހެދުން އެޅުމާއި، މުއާމަލާތުކުރުމާއި ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާތަން ފެނުމެވެ. މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ހަރަކާތްތެރިވަމުން އެދަނީ ދަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާހިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހުއްސާކުރަމުން އެދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ