logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މިމަހު އީދު މިސްކިތުން އެކަނިވެސް 10 ފަންކާ ވަގަށް ނަގައިފި

އީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މިސްކިތްތަކުގައި ހުންނަ ކެމެރާ ފުޓޭޖުތައް ނަގައި، ފުލުހުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިސްކިތުގެ ކެމެރާ ފުޓޭޖުތައް ނަގައި ފުލުހަށް މައްސަލަ ހުށާހަޅުމުގެ މަސައްކަތް ދަނީ ކުރަމުން، މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނުހެދުމަށް ކައުންސިލުން އިލްތިމާސް ކުރަން،" އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ ދުވަސްތަކެއް ކުރިން ތަޤުވާ މިސްކިތުން 7 ފަންކާގެ އިތުރުން ދަރުމަވަންތަ މިސްކިތުން ދެ ފަންކާ އާއި މޯޓަރު ވެސް ވަގަށް ނަގާފައިވެއެވެ.

މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. އޭރު ވަގަށް ނެގި ހަ ފަންކާއެއް ހޯދައި 31 އަހަރުގެ މީހަކު ވެސް ފުލުހުން ހައްޔަރުކުރިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *