logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

ހައްޖުގެ އަޅުކަމަށްފަހު ޝަހީމް މާލެ ވަޑައިގެންފި

ހައްޖުގެ މަތިވެރި އަޅުކަމަށްފަހު އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޝަހީމް ރާއްޖެއިން ފުރާވަޑައިގެންނެވީ މި މަހުގެ 11 ވަނަ ދުވަހެވެ.

މިއަހަރު ރާއްޖެއިން 1150 މީހުން ހައްޖަށް ދިޔައެވެ. އޭގެ ތެރެއިން ރ. ހުޅުދުއްފާރަށް ނިސްބަތްވާ އަންހެން ހައްޖުވެރިއަކު ވަނީ ނިޔެވާފައެވެ.

މި އަހަރު އަމީރުލް ހައްޖަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު ޝަފީއު އެެވެ.

ދިވެހި ހައްޖާޖީން ރާއްޖެ އަންނަ ފަށާނެ ދުވަހެއް ހައްޖު ކޯޕަރޭޝަނުން އަދި ހާމައެއް ނުކުރެއެވެ. ރާއްޖެއިން ހައްޖަށް ދިޔަ މީހުން ފުރީ ހަތަރު ދުވަހެއްގެ މަތިންނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ހައްޖުވެރިންގެ ކަންކަން ގާތުން ބެއްލެވުމަށް ހައްޖު ކޯޕަރޭޝަނާއި ގުޅިގެން ދިވެހި ހައްޖު މިޝަނުންވެސް ގިނަ މަސައްތަކެއްވެސް ކުރެވިގެން ގޮސްފައިވާ ކަމެވެ.

މިނިސްޓަރ ޝަހީމު ހައްޖު ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންނެވިއިރު، އިއްޔެ ވިދާޅުވެފައިވަނީ މި އަަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *