logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ.ހަނިމާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެ އެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މި މީހާ އަކީ ހަނިމާދޫ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅޭ މީހެއް ކަމަށާއި، ރޭ އެ މީހާ ކޮޓަރިއަށް ވަތްގޮތަށް ހަބަރެއްނުވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ބެލި ބެލުމުން ކަމަށެވެ.

ފުލުހުން ގޮސް ބެލި އިރު އެމީހާ އޮތީ އެއްވެސް ހަރަކާތެއް ނެތި ހަބަރު ހުސްވެފައި ކަމަށާއި، އެހެން ކަމުން އެ ރަށުގެ ހެލްތު ސެންޓަރަށް އެ މީހާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ގައި މަރުވެފައި ވަނީ އުމުރުން 64 އަހަރުގެ  އަހުމަދު ޖަލީލް ނަމަކަށް ކިޔާ މީހެކެވެ. މި މީހާއަކީ މާލޭ މީހެއް ނަމަވެސް މިހާރު ދިރިއުޅެމުން ދިޔައީ އެ ރަށުގައި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *