logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު އަލުން ހުޅުވައިފި

ކ. ހިންމަފުށީގައި ހުންނަ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު، އަލުން ހިންގަން ފަށައިފިއެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ ނެޝަނަލް ޑްގަރް އެޖެންސީ (އެންޑީއޭ) ގެ ދަށުން ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓާނީ ފުލުހުން ކަމަށެވެ.

އެ ސެންޓަރުގައި މިހާރު 7 މީހަކު ބައިތިއްބައިގެން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ވެސް ހިންގަމުން އަންނަ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި އެންމެ ބޮޑު އިޖުތިމާއީ މައްސަލަކަން ފާހަގަކުރެވެއެވެ.

ފުލުހުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެކަނި ވެސް މަސްތުވާތަކެތީގެ 88 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ކުރީ މަހު 116 މައްސަލައެއް ރިޕޯޓްކުރިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *