logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ތިން މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ: ސާބިއާގެ ރައީސް

ރަޝިއާ އަދި ހުޅަނގު ދެމެދު މައްސަލަ އިތުރަށް ގޯސްވެ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެން ދާނެ ކަމަށް ސާބިއާގެ ރައީސް އެލެކްސެންޑާ ވޫޗިޗް (ފޮޓޯ) ދުނިޔެއަށް އިންޒާރު ދެއްވައިފިއެވެ.

އެމެރިކާއާއި ރަޝިއާއާ ދެމެދު މައްސަލަތައް އިތުރަށް ގޯސްވެގެން ގޮސް ތިން މަސް ދުވަހާއި ގާތް މުއްދަތެއްގެ ތެރޭގައި ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމަށް ވޫޗިޗް ދެކިލައްވައެވެ.

ވޫޗިޗް ވިދާޅުވީ ހަނގުރާމައެއްގެ ބިރަށް ސާބިއާގެ އޮފިޝަލުންނަށް ވަނީ ތެލާއި ގޮދަނުގެ ބާވަތްތަކުގެ އިތުރުން ހަކުރު ހުރި މިންވަރު ބެލުމަށް އަންގާފައިކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ މައިދާނަށް އަންނަމުންދާ ލޮޅުންތަކާއި ކުރިމަތިވަމުންދާ ނުރައްކާތަކުގެ ސަބަބުން އަޅާފައިވާ ރައްކައުތެރިކަމުގެ ފިޔަވަޅެއްކަމަށްވެސް ބުނެފައިވެއެވެ.

ތިން ވަނަ ބޮޑު ހަނގުރާމައެއް ފެށިގެންދިއުމާއި ގުޅޭ ގޮތުން ވެސް އޭނާވަނީ ވާހަކަދައްކަވާފައެވެ. ވޫޗިޗް ވިދާޅުވީ، ހަނގުރާމަ ފެށިގެން ދިއުން އޮތީ މާ ދުރުގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، 3 މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ނެތްކަމަށާއި އޭގެ ކުރިންވެސް ފެށިގެން ދިއުމުގެ ނުރައްކާތައް އޮތްކަމަށެވެ.

އޭނާ ވިދާޅުވީ، ދުނިޔެ މިއޮތީ ބޮޑު ކާރިސާއެއް ކުރިމަތިވުމާއި ގާތުގައި ކަމަށެވެ. އަދި އެތައް މިލިއަން ބަޔަކު ގެއްލިގެންދިއުމަށް ތައްޔާރުތޯ ސުވާލުކުރައްވާ އޭނާވަނީ ހަނގުރާމައިގެ ތެރޭގައި ސާބިއާ ޝާމިލު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *